ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބިދޭސީން

މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއަކަށް ފަރުވާދެނީ

މަޖީދީ މަގު އޮޑިއޯން ކައިރިން މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ އިރާކޮޅު އަސަރީ ގޯޅިން މަޖީދީމަގު ކަންމައްޗަށް ވެއްޓިފައި އޮތް އެ ބިދޭސީ މީހާ ފެނުނީ މާލޭ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކަމަށެވެ.

އެ ބިދޭސީ މީހާ އަކީ ބަންގްލަދޭޝްގެ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެއްޓިފައި އޮއްވާ ފަރުވާއަށް ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް ސެނަހިޔާ އަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިގެ ވައިރަސްގައި ރާއްޖެއިން މިހާތަނަށް 52 މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ. އޭގެތެޜެގައި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ހިމެނެ އެވެ.