ހަބަރު

ވެއްޓިފައި އޮއްވާ ފެނުނު ބިދޭސީ މީހާ މަރުވެއްޖެ

މާފަންނު އޯޑިއޯން ކައިރިން މިރޭ މަގުމައްޗަށް ވެއްޓިފައި އޮއްވާ ނަގައި ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ ބިދޭސި މީހާ މަރު ވެއްޖެ އެވެ.

ސިފައިންގެ އަސއްކަރީ ހޮސްޕިޓަލް، ސެނަހިޔާއަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ސިފައިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެ މީހާ މިރޭ ފެނިފައި ވަނީ ގުމަށްޗަށް ވެއްޓިފައި އޮއްވަ އެވެ. އުމުރުން 50 އަހަރުގެ އެ މީހާއަކީ ބަންގްލަދޭޝް ރައްޔިތެކެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށައި މެޔަށް ތަދެއް އަރައިގެން އޭނާ އުޅުނު ކަމަށް ބުނާ މައުލޫމާތެއް ވެސް ލިބިފައިވާ ކަމަށެވެ.

ބިދޭސީ މި މިހާ ކުއްލި ގޮތަކަށް މަރުވި އިރު މީގެ ދުވަސްކޮޅެއް ކުރިން ރިސޯޓެއްގައި ހުރި އިންޑިއާ މީހަކު ވަނީ އަމިއްލައަށް މޫދަށް ފުންމާލައި ގެއްލިފަ އެވެ. އަދި އޭގެ ފަހުން މާލޭގެ ގެއެއްގެ ތެރޭގައި ވެސް ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިފައި ވެއެވެ.