ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަތެއް

ކޮވިޑާއި މޫސުމީ ބަދަލުތައް އެކުވުމުން ނުރައްކާ ބޮޑު: ރައީސް

މޫސުމީ ބަދަލުތަކުން ސަލާމަތް ވާން މަސައްކަތް ކުރަމުން އަންނަ އިރު ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގެ ނުރައްކާ ރާއްޖެ ފަަދަ ނާޒުކު ގައުމަކަށް ބޮޑު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ "އާތު ޑޭ" އާ ގުޅިގެން ރަައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަނީ ދުވަހަކު ވެސް ބޮޑުނުވާ ވަރަށް އިތުރުވެފައި ކަމަަށެވެ. އަދި މޫސުމީ ބަދަލުތައް ކޮވިޑް-19 އާ އެކުވުމުން ރާއްޖެ ފަަދަ ނާޒުކު ގައުމަކަށް ނުރަައްކާ އިތުރު ވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސްގެ ޓްވީޓުގައި ވަނީ، މޫސުމީ ހާލަތާއި ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ކުރިމަގުގައި މަސައްކަތް ކުރަން ޖެހޭނެ ކަން ފާހަގަ ކޮށްފަަ އެވެ.