ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

އަލުން އިގްތިސޯދު ހުޅުވޭ އިރު އިސްކަން ދޭންވީ ދިވެހިންނަށް

ދުނިޔޭގެ އިގްތިސޯދު ކޮވިޑް-19 އާ ގުޅިގެން ވަނީ ހުއްޓިފަ އެވެ. ބޮޑެތި ސިނާއަތްތައް ބަނގޫރުޓުވުމާ ކައިރިވެފައި ވެއެވެ. ރާއްޖޭގައި ވެސް މިކަން އޮތީ މިގޮތުގަ އެވެ. ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ހުއްޓުމާއެކު، އެހެން ދާއިރާތަކަށް ވަނީ ނުބައި އަސަރުތަކެއްކޮށް، ބޮޑެތި ބޮޑެތި، ގެއްލުންވެފަ އެވެ. އެހެންވެ މިހާރު ސަރުކާރަށް ޖެހިފައިވަނީ ސަލާމަތުން ހުރި ސިނާއަތްތައް ހިމާޔަތް ކުރަން ރަނގަޅު ޕްލޭން ތަކެއް އެކަށަޅަ އަޅާށެވެ. އެފަދަ އެއް ސިނާއަތަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއިރާ އެވެ.

ޓޫރިޒަމް ނަގާފައި އެންމެ ބޮޑަށް ކުރިއަރަމުން އައި ދާއިރާއަކީ ވެސް މިއީ އެވެ. އަދި މި ސިނާއަތްވެފައި ވަނީ ދިވެހި ގިނަ ކޮންޓްރެކްޓަރުން މަސައްކަތް ކުރާ އެއް ދާއިރާ އަށެވެ. އެހެންވެ، މިހާރު ވިސްނަން ޖެހިފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދާ ދުވަސްތަކަށް ފަހު އަލުން ހުޅުވިގެން އަންނަ އިރު، ކުރިއަށް ގެންދެވޭނެ ގޮތަކަށެވެ. މުޅި ސިނާއަތް އެއްކޮށް ހުއްޓުނަ ދޭން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވިސްނަން ޖެހޭ އެންމެ މުހިންމު ކަމަކީ އިގްތިސޯދު އަލުން ފަށާއިރު، ދިވެހިންނަށް އިސްކަން ދިނުމެވެ.

"މިހާރު ފެށިގެން ކުރިއަށްދާ މަޝްރޫއުތައް ބަރާބަރަށް ގެންދިއުން މުހިންމު. އަލުން އިގްތިސޯދު ފަށާއިރު، ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމުގެ މުހިންމުކަން ވެސް ބޮޑު،" މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ (އެމްއޭއެންއޭސީއައި) އިން ކޮވިޑް-19 އިން އިމާރާތް ކުރުމުގެ ދާއިރާ އަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓު ނެރެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި 300 އަށް ވުރެ ގިނަ ކުންފުނި ހަރަކާތްތެރިވެ އެވެ. މި ކުންފުނިތަކުގައި 7000 އަށްވުރެ ގިނަ ދިވެހިން މަސައްކަތް ކުރެ އެވެ. އަދި މި ދާއިރާގައި ބައި ލައްކަ އެއްހާ ބިދޭސީން ލޭބަރުން ވެސް އުޅެ އެވެ. މި ކުންފުނިތައް ވެފައިިވަނީ ދިވެހިންގެ އާއްމުންގެ ތެރެއަށް ފައިސާ އެންމެ ގިނަ އިން "ޕަންޕް ކުރާ" އެއް ބަޔަށެވެ. އެހެންވެ، އިކޮނޮމީ ކޮވިޑް-19 އަށްފަހު އަލުން "ކިކްސްޓާޓް" ކުރާއިރު މި ކުންފުނިތައް އެކްޓިވް ކުރެވޭނެ އިންތިޒާމެއްގެ މުހިންމުކަން ބޮޑެވެ. އެހެންވެ، މި ކުންފުނިތައް "މަރުވެގެން ދިޔަ" ނުދީ ސަރުކާރުން އެހީތެރިވާން ޖެހެ އެވެ.

ކޮވިޑް-19 އަށްފަހު އަލުން އިކޮނޮމީ ހުޅުވާލަމުން ގެންދާ ގިނަ ގައުމުތަކުން ވެސް އަމަލު ކުރަމުން ދަނީ މިގޮތަށެވެ. ކޮވިޑް-19 އާ ގުޅިގެން އަލުން ފެށިގެން އަންނަ "ނިއު ނޯމަލް" ގެ ތެރެ އިން ނަމަވެސް ކޮންޓްރެކްޓަރުންގެ މަސައްކަތް ގިނަ ގައުމުތަކުން ދަނީ ފަށަމުންނެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގައި ކޮވިޑް-19 އާ ގުޅިގެން ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މިސާލަކަށް ހޮންކޮންގް އާއި ފިލިޕީންސް އަދި ނިއުޒިލޭންޑް ފަދަ ގައުމު ތަކުން ވަނީ ހާއްސަ ފިޔަވަޅުތަކާއެކު މި ދާއިރާ ހުއްޓިގެން ދިޔަ ނުދޭން ފިޔަވަޅުތައް އަޅާފަ އެވެ.

އެމްއޭއެންއޭސީއައިގެ މެންބަރެއް ކަމަށްވާ އަހުމަދު ޝަރީފު ވިދާޅުވި ގޮތުގައި ޗައިނާގެ އިމާރާތް ކުރުމުގެ ދާއިރާގެ ފަރާތްތަކާއެކު ވާހަކަ ދެކެވިފައިވެ އެވެ. އެ ފަރާތްތަކުން ވެސް މިހާރު އިމާރާތް ކުރުމުގެ ދާއިރާ ފެށިގެން ކުރިއަށް ގެންދަމުންދެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އެހެން ސިނާއަތްތަކެކޭ އެއްގޮތަށް ކޮންސްޓްރަކްޝަން ސިނާއަ ތަކަށް ވެސް ގެއްލުން ވެއްޖެ އެވެ. މި ސިނާއަތަށް ލިބުނު ގެއްލުމުގެ އަންދާޒާއަކީ ތިން މަހަށް ބަލާނަމަ ގާތްގަނޑަކަށް 617 މިލިއަން ރުފިޔާ އެވެ. އަދި ކުރި އަށް ވެސް އޮތީ މި ސިނާއަތަށް ގެއްލުން ބޮޑު ދުވަސްކޮޅެއް ކަމަށް ބުނެވި ދާނެ އެވެ. އެހެންކަމުން މި ދާއިރާ އަށް ސަރުކާރުން އެހީވެ އަޅައިލަން ޖެހެ އެވެ. ރަނގަޅު ޕްލޭން ތަކެއް މި ދާއިރާ ކުރިއަށް ގެންދަން ކުރަން ޖެހެ އެވެ. ހާއްސަކޮށް ދިވެހި ކުންފުނި ތަކަށް އިސްކަން ދިނުމުގެ ސިޔާސަތު ތަކެއް އެކުލަވާލަން ޖެހެ އެވެ. މިހާރުގެ ރާއްޖޭގައި ހިންގާ ބޮޑެތި މަސްރޫއުތައް ކުރިއަށް ގެންދަނީ ބޭރުގެ ކުންފުނިތަކުންނެވެ.

އެމްއޭއެންއޭސީއައިގެ މެންބަރު ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ދިވެހި ކުންފުނިތަކުގެ ތެރޭގައި ވެސް ބޮޑެތި މަޝްރޫއުތައް ނެގޭ ފެންވަރުގެ ކޮންޓްރެކްޓަރުން އެބަތިއްބެވެ. އެހެންވެ އެ ކުންފުނި ތަކަށް މި ވަގުތު އިސްކަން ދޭން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

ސަރުކާރުން ހިންގާ ފްލެޓް އެޅުން ފަދަ މަޝްރޫއުތަކުގެ އިތުރުން، ޓޫރިޒަމް ސިނާއަތަކީ ވެސް އިމާރާތް ކުރުމުގެ ގިނަ މަސައްކަތް ތަކެއް ކުރާ ދާއިރާ އެކެވެ. އެހެންވެ، އިގްތިސޯދު އަލުން ހުޅުވާލާއިރު މި ސިނާއަތުގައި ހުރި މަސައްކަތްތައް ބަލައި، އެ މަސައްކަތްތައް ދިވެހިންނަށް ލިބޭނެ އިންތިޒާމެއް ހެދުމުގެ މުހިންމުކަން ބޮޑެވެ. ރިސޯޓުތަކުގެ މަރާމާތު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތްތައް "ލީޑު ކުރާ" ބައެއްގެ ގޮތުގައި ދިވެހި ކުންފުނިތައް ނަގަން ޖެހެ އެވެ. މިކަން ކުރެވޭނީ ސަރުކާރުގެ ފުރިހަމަ އިންވޯލްމަންޓް އޮވެގެނެވެ.

ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އިކޮނޮމީ ހުޅުވާލުމުގެ ކުރިން އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މަސައްކަތްތައް ބަލައި، އެ މަސައްކަތް ދިވެހިންނަށް ދޭން ޖެހެ އެވެ.

ރިސޯޓުތައް ތަރައްގީ ކުރުމުގައި ބޭރުގެ ގިނަ ބަޔަކު އުޅޭއިރު، މި ދާއިރާ އިން ކުޑަ ޕަސެންޓެއް ދިވެހި ކުންފުނި ތަކަށް ލިބުނު ނަމަވެސް އެވެގެންދާނީ ދިވެހި އާއިލާތަކުގެ ޖީބަށް ލިބޭ އާމްދަނީ އަކަށްވާނެ އެވެ. ސަބަބަކީ އިމާރާތް ކުރުމުގެ ދާއިރާއާ ގުޅިފައިވަނި ހަމައެކަނި ރޭނުން އެކަނި ނޫން ކަމަށްވުމެވެ. ދަތުރުދަތުރު ކުރުމާއި މުދާ އިމްޕޯޓް ކުރުން އަދި މުދާ އުފުލުން ވެސް މި ދާއިރާއާ ގުޅިފައިވެ އެވެ އެހެންވެ، އިކޮނޮމީ "ކިކް ސްޓާޓް" ކުރާއިރު ދިވެހިންނަށް މި މަސައްކަތްތައް ލިބެން ޖެހެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ގައުމުގެ އިގްތިސޯދު ވެއްޓުމަކަށްފަހު އަލުން ތެދުވާއިރު، މި ފިޔަވަޅު އެޅިއްޖެނަމަ، އެކަން ވެގެންދާނީ ދިވެހިންނަށް ލިބޭނެ ހިތްހަމަ ޖެހުމަށެވެ. މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅަން އެބަޖެހެ އެވެ.