ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދުވަސް އޮޅިފައި: އިއްޔެއާ މިއަދާ މާދަމާ!

މިއަަދު މިއީ ކޮން ދުވަހެއްތަ؟ މިއީ މިހާރު ވަރަށް ގިނައިން އަހައިލެވޭ އެއް ސުވާލެވެ. ކަމެއް ކުރަން ގޭގައި އިނދެފައި އާއިލާގެ މެމްބަރެއް ގާތު ދުވަސްް އަހާ ލެވި، އެމީހާއަށް ވެސް ދުވަސް ނޭނގޭ ފަހަރު އެބައާދެ އެވެ. ކޮރޯނާ ވައިރަަހުގެ ބަލާއާފާތް މުޅި ދުނިޔެއަށް ފެތުރި އެންމެންގެ ދިރިއުޅުން އެ ފުށް މި ފުށަށް ޖެހި އިރު ދުވަސް އޮންނަނީ އޮޅި ފުށުންޖެހިފަ އެވެ.

އަތުކުރި އާއި ފާރުގައި ހުންނަ ގަޑިތަކަަށް ބެލުމެއް ނެތެވެ. ދުވަސް ނޭނގިގެން ފޯނު ބަލަން ވެސް ފަަށައިފި އެވެ. އަންގާރަ ދުވަސް އާދިއްތައަށް ބުދަ ބުރާސްފަައްޗަށް ވެސް އެބަވެ އެވެ. ހަފުތާގެ ދުވަހެއް ހަފުތާ ބަންދެއް މިހާރު ނޯވެ އެވެ. އޮންނަނީ ހަމަ އެކަނި އިއްޔެ އާއި މިއަދާއި މާދަމާ އެވެ.

އެއްވެސް ތަރުތީބެއް ނެތް އިހުސާސެއް ކުރެވޭ އިރު ދުވަސްދާ ގޮތް ދިގު ވުމާއި ކުރު ވުމާއި ރަަނގަޅަށް މަސައްކަތް ނުކުރެވުމާއި އެކި ކަންކަމުގައި ގިނަ ވަގުތު ހޭދަވުން މިއީ އާއްމުކޮށް ހިނގާނެ ކަންކަަމެވެ. ސިއްހީ މާހިރުވެސްް ވިދާޅުވާ ގޮތުގައި މި ދުވަސްވަރަަކީ ތައްޔާރު ނުވެ ތިއްބާ އެންމެންނަށް ކުރިމަތިވި ދުވަސްވަރެއް ކަމުން ނަފުސާނީ ގޮތުން އަސަރުތަކެއް ކުރާނެ އެވެ. މީހުންގެ ވިސްނުމާއި ދަސް ކުރުން އަަދި ހަނދާން ކުރުން ފަަދަ ކަންކަމަށް މި ހާލަތުގެ އަަސަރު ކުރާނެ އެވެ.

ޑެއިލީ ރޫޓީންތައް ގެއްލިފައި

އިންސާނުންގެ ހަށިގަނޑުގެ ކަންކަން ތަރުތީބުން ހިނގާ ގޮތަށް ކޮންމެ މީހެއްވެސްް ޑެއިލީ ރޫޓިން އެއް ތަރުތީބުކޮށްގެން ގެންްގުޅެ އެވެ. ވަކި ގަޑިއަކު ހޭލުމާއި ވަކި ތަނަކަށް އެ ގަޑިއަކަށް ދިއުމެވެ. އަދި އެ ތަނަކުން އައުމަށްފަހު ދެން ކަންތައް ކުރާ ގޮތެވެ. ކިޔަވާ ކުދިން ނޯޓު ފޮތުގައި ލިޔެގެން ގެންގުޅޭ ޑެއިލީ ޓައިމް ޓޭބަލް ވެސް މި ރޫޓީންގެ ތެރޭގައި ހިމެނެ އެވެ. މީހުންގެ ޑައިރީ އާއި ނޯޓް ފޮތް ވެސް ހިމެނެ އެވެ.

ހަފުތާ ބަންދު ދުވަސްތަކުގައި އޮންނަ އާއިލީ ބައްދަލުވުންތަކާއި ހަވީރު ގަޑީގައި ފިނި ބުރު ޖަހާލަން ދާ ދިއުމެވެ. މިއީވެސް ބައެއްގެ ރޫޓީންގައި ހިމެނޭ ތަންކޮޅެކެވެ. މި ކަންކަމުގެ ސަބަބުން އެ ދުވަހަކީ ކޮން ދުވަހެއްކަން ނުބުންޏަސް ވެސް އެނގެ އެވެ.

ގޭގައި ލޮކްޑަައުންވެފަައި ތިބިި އެންމެންނަށް އެމީހުންގެ ރޫޓީންތައް މިއަދު އޮޅިއްޖެ އެވެ. ރޭ ވީމާ އެނގުނަސް ހެނދުނެއް މެންދުރެއް އަސުރެއް ހަވީރެއް ބައެއް ފަަހަރު ވަތްކެއް ނުވެ އެވެ. ހެނދުނު ތެދުވެ ކުރާ މަސައްކަތް ހަވީރަށް ކުރެ އެވެ. އަދި ރޭގަނޑުގެ މަސައްކަތްތައް ދަންވަރަށް ބަދަލުވެ އެވެ.

ޔުނިވާސިޓީ އޮފްް ކެލިފޯނިއާގެ ސައިކޭޓްރީ ޕްރޮފެސަރު، އެލިސާ އެޕެލް ވިދާޅުވި ގޮތުގައި މިހާރު ކަންތައް ހިނގާ ގޮތުން އާއްމުކޮށް ހިނގާ ހަފުތާ އެއްގެ ކަންކަން ގެއްލިއްޖެ އެވެ. ބައެއް މީހުންނަށް ގޭގައި މަސައްކަތް ކުރަން ޖެހި، މަސައްކަތާ ދުރުކޮށްދޭ ހަފުތާ ބަންދުގެ ދުވަސްތަކަށް އިންތިޒާރު ކުރުން ވެސް ނިމިއްޖެ އެވެ.

މީގެ ސަބަބުން ދުވަސްތައް ދިގު ދެމޭ ހެން ވެސް ހީވެ އެވެ. ރޫޓީންއަށް މަސައްކަތް ނުކުރުމުން މިއަދު ކުރާނީ ކޮން ކަމެއްތޯ ވިސްނަން ޖެހެ އެވެ. އެހެން ނޫން ނަމަ، އެކަންވެސް ސިކުނޑިން އޮންނާނީ ވިސްނުމެއް ނެތި ނިންމާލެވިފަަ އެވެ.

މަލްޓިޓާސްކް ކުރުންް އިތުރު

ދުވަސް ނޭނގުމުގެ އިތުރު ސަބަބަކީ އެއް ފަހަރާ އެތައް ކަމެއް ކުރުމެވެ. ކުރިން ނޯންނަ އެތައް ޒިންމާއަކާ ހަވާލުވެ މިހާރު ކުރާ މަންޒަރު ފެނެ އެވެ. އެއީ ގޭގައި ހުރި އުމުރުން ދުވަސްވީ މާމަ އާއި ކުޑަ ދަރިފުޅު އެކީގައި ބެލުން ކަމަށް ވެސް ވެދާނެ އެވެ. އަދި އެއާއެކު ގޭގައި މަސައްކަތްް ކުރަމުން ގޭތެރޭގެ އިތުރު މަސައްކަތްތައް ވެސް ކުރުން ކަމުގައި ވެދާނެ އެވެ.

މި ހުރިހާ ކަމެއް ކުރަން ވެސް މި ޖެހެނީ ގޭގައި ތިބެގެނެވެ. އެއްތާކު ހުރެ ހުރިހާ ކަމެއް ކުރަން ޖެހުމުން އެކަަމުގެ ސްޓްރެސް އިތުރުވެ އެވެ. އަދި ސިކުނޑިއަށް ކުރާ ބާރު ވެސް ބޮޑުވެ އެވެ.

ސްޓްރެސް ބޮޑުވޭ، އެކަމާ ކުރިމަތިލާ

ލޮކްޑައުންގެ އެއް އަސަރަަކީ މެންޓަލް ހެލްްތެވެ. ނަފްްސާނީ ދުޅަހެޔޮ ކަަމަށް މި ދުވަސްވަރު ސަމާލު ވުމަކީ މުހިއްމު ކަމެކެވެ. ދުވަހާ ވަގުތު ދާ ގޮތް ނޭނގެނީ ސްޓްރެސް ބޮޑު ވެގެން ކަމަށް ބައެއް ސިއްހީ މާހިރުން ބުނެ އެވެ. ބައެއް މީހުން މި ލޮކްޑައުންގައި އިރުގެ އަލިކަން ނުފެނި އުޅޭތާ ހަފުތާ އެއް، މަހެއް، އަދި ދެ މަސް ވެސް ވަނީ އެވެ. ސްޓްރެސް ބޮޑުވުމުގެ ސަބަބުން ކޮންސަންޓްރޭޝަން އާއި އެޓެންޝަން އަށް އަސަރު ކުރެ އެވެ.

މީގެ އިތުރު އެއް އިފެކްޓަކީ، ހަމަ ނިދި ނުލިބުމެވެ. ރަނގަޅަށް ނިދާލަން ނުލިބި ފުރޮޅި ފުރޮޮޅި އޮންނަން ޖެހުމެވެ.

"އާއްމުކޮށް ސްޓްރެސް ވާހެން ހީވާ ފަހަރު ތަކުގައި ވިސްނޭ އެއްޗެހީގެ ސަބަބުން ނިދަން އުނދަގޫވެ ނުނިދި އޮންނަން ޖެހިދާނެ" ނޯތު ވެސްޓަން ޔުނިވާސިޓީގެ ސައިކޭޓްރީ ޕްރޮފެސަރަކު ވިދާޅުވި އެވެ.

މި ކަންކަމާމެދު ކުރެވެން އޮތީ ކޮން ކަމެއް ހެއްޔެވެ؟

ގިނަ ސައިކޭޓްރިސްޓުން ވިދާޅުވާ ގޮތުގައި މި ކަމުގެ ހައްލު އޮތީ އަމިއްލަ މީހާގެ އަތްމަތީގަ އެވެ. ރޫޓިން ގެއްލުނު ކަމުގައި ވިޔަސް އަހަރުމެންގެ މި "ނިއު ނޯމަލް" އަށް އާ ރޫޓިން އަކަށް ތައްޔާރު ވާށެވެ. ނިދަންވާ ގަޑީގަައި ނިދަން ދިއުމާއި ހޭލަންވާ ގަޑިއަށް އެލާމްކޮށް ހޭލުމަށް ސަމާލުވާން ޖެހެ އެވެ. ގިނަ ގިނައިން ބްްރޭކް ނެގުމާއި ކަސްރަތު ކުރުން އަދި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުން، ޕެންޑެމިކްގެ އަސަރު ނަފްްސާނީ ގޮތުން ކުރާނަމަ އެފަދަ ހަބަރުތަކާ ދުރުވުން މުހިއްމު ކަމަށް ވެސް ލަފާދެ އެވެ.

ދުވަސް ނޭނގުން ކަމުގައި ވިޔަސް، ޓްރެކް ކޮށްގެން ދުވަސް ބެލުން މުހިއްމުވެ އެވެ. އޭރަށް އޮޅިފައި ހުންނާކަށް ނުޖެހޭނެ އެވެ.