ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

މާލޭ ސިޓީގެ ލޮކްޑައުން: އިތުރު 14 ދުވަސް

މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން 14 ދުވަހަށް އިތުރު ކޮށްފި އެވެ. މާލެ ސަރަހައްދަށް އެންމެ ފުރަތަމަ ލޮކްޑައުން އިއުލާން ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ދެ ދުވަހަށެވެ. އެއަށްފަހު 17 ވަނަ ދުވަހު އިތުރު 14 ދުވަހަށް ލޮކްޑައުން އިތުރުކުރި އެވެ.

މިއަދު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ 17 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުުން ކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރު ކޮށް އެކަން އަންގައި އިއުލާން ކުރާ ކަމަށެވެ.

މާލެ ސަރަހައްދަށް އެއްވެސް މީހަކަށް ނާދެވޭ ގޮތަށް އަދި މާލެއިން އެއްވެސް މީހަކަށް ނުފޭބޭ ގޮތަށާއި ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށް މާލެ ލޮކްޑައުން ކުރީ މާލެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެންނެވެ. މިހާރު އެ އަދަދު 200 އަށްވުރެ މަތިވެފަ އެވެ.

މާލެގެ އިތުރުން ކ. ތުލުސްދޫ، ހއ. އުލިގަމް، ށ. ނަރުދޫ، ށ. މިލަންދޫއިން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް މީހުން ފެނިފަ އެވެ. އެ އެންމެންނަކީ ވެސް މާލެއިން ދަތުރުކުރި މީހުންނެވެ.

މިހާރު ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް މުއްދަތެއް ނެތް ގޮތަށް ވަނީ މަނާކޮށްފަ އެވެ. ބައެއް ރަށްރަށުން އަމިއްލައަށް އިސްނަގައިގެން ކާފިއު ވެސް ދަނީ ހިންގަމުންނެވެ.