ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖީސީއީ އޯ ލެވެލް

އޯލެވެލް އިމްތިހާނު ފަސްކޮށްފި

މި އަހަރުގެ ގުރޭޑް 10 އެއްގެ ދަރިވަރުންގެ ފައިނަލް އިމްތިހާނު، އޯލެވެލް އިމްތިހާނު ފަސް ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނީ މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި ބާއްވަން ހަމަޖައްސާފައި އޮތް ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ނޯންނާނެ ކަމަށެވެ.

މި ނިންމުން ނިންމީ ސާކިއުލާގައިވާ ގޮތުން ގުރޭޑް 10 އެއްގެ ދަރިވަރުންގެ ސިލަބަސް ނިންމައި، އިމްތިހާނުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ނުފެންނާތީ އެވެ.

އިމްތިހާނުތައް އޮކްޓޯބަރު އަދި ނޮވެމްބަރު ނުބާއްވާ ގޮތަށް ފަސް ކޮށްފައިވާއިރު ދެން އިމްތިހާނުތައް ބާއްވާނެ ވަކި މުއްދަތެއް ނުބުނެ އެވެ. ނަމަވެސް އޮކްޓޯބަރު އަދި ނޮވެމްބަރަށްފަހު ދެން ކެމްބްރިޖްގެ އިމްތިހާނުތައް އޮންނާނީ މެއި އަދި ޖޫންގަ އެވެ.

އެހެންކަމުން މިހާރު ގުރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ އިމްތިހާނުތައް އެ މުއްދަތަށް ފަސްވާނެ ކަމަށް ބެލެވެ އެވެ.

ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިމެންޓްތަކުގެ ސުންގަޑި ރިވިއު ކުރުމަށް ވެސް ސާކިއުލާގައި އަންގާފައިވެ އެވެ.

ގުރޭޑް 10 އެއްގެ ދަރިވަރުންގެ އިމްތިހާނު ފަސްކޮށްފައިވީ ނަމަވެސް ގުރޭޑް 11 އަދި 12ގެ ދަރިވަރުންގެ އިމްތިހާނުތަކަށް ބަދަލު ގެންނަން ނިންމާފައިނުވާ ކަމަށް ބުނެފައިވެ އެވެ. އޭ ލެވެލް އިމްތިހާނު އޮންނާނީ މެއި އަދި ޖޫންގަ އެވެ.