ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހުން ފޮނުވާލައިފި

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު، އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

ތައިލެންޑަށް އަނބުރާދާން ބޭނުންވާ 100 އަށް ވުރެ ގިނަ މީހުން ފޮނުވާލާފައި ވަނީ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ބުނީ، ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ އާއި ގުޅިގެން ބޭއްވި މި ފްލައިޓަކީ އެ ގައުމަށް އެނބުރި ދާން ބޭނުންވާ ފަަރާތްތަކަށް ޗާޓަރު ކޮށްގެން ބޭއްވި ފްލައިޓެއް ކަމަށެވެ. މިއީ އެ ގައުމަށް ބޭއްވި ދެވަނަ ރެޕަޓްރިއޭޝަން ފްލައިޓެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފަ އެވެ. ރާއްޖެ އަށް އައިސް އެނބުރި ގައުމަށް ނުދެވިފައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ރެސްކިޔު ފްލައިޓުތައް މީގެ ކުރިންވެސް ވަނީ ބާއްވާފަ އެވެ. ފަތުރުވެރިންގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ގެންދިޔުމަށްވެސް އެކި ފަހަރު މަތިން ފްލައިޓުތައް ބާއްވާފައިވެ އެވެ. އިޓަލީ އަށްވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ގެންްގޮސްފަ އެވެ.