ހަބަރު

ވިލިނގިލި ބަނދަރުގެ މަސައްކަތް ނިމިއްޖެ

އެމްޓީސީސީން ގއ. ވިލިނގިލީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މިދޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. ބަނދަރު ހެދުމުގެ މަސައްކަަތް ޑިސެމްބަރުގައި އެ ކުންފުނިން ފެށިއިރު މިހާރު އެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުންޏެވެ.

މި މަސައްކަތުގެ ދަށުން 7,985 ކިއުބިކް މީޓަރު ސަރަހައްދެއް ވަނީ ފުންކޮށްފަ އެވެ. އަދި 346 މީޓަރުގެ ބްރޭކްވޯޓާލުމާއި 30 މީޓަރުގެ ބްރިޖެއްގެ އިތުރުން ނެރު ބައްތި ވެސް ހަރުކޮށްފައިވެ އެވެ.

ވިލިނގިލި ބަނދަރުގެ ދެވަނަ ފިޔަވައްސަށް 10.6 މިލިއަން ރުުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.