ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޭންކް އޮފް މޯލްޑިވްސް

ކާޑުން ޕެޓްރޯލަށް ފައިސާ ދެއްކޭ ގޮޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ބޭނުންކޮށްގެން ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި އެވެ.

ބީއެމްއެލުން މިއަދު ބުނީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑުތަކުގައި ކޭޝް ކާޑު ބޭނުން ކޮށްގެން މިހާރު ޕެޓްރޯލަށް ފައިސާ ދެއްކޭނެ ކަމަށެވެ. އޭގެ ތެރޭގައު މާލެ އާއި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތައް ވެސް ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ގިނަ ވިޔަފާރިތަކުން އަޅާފައިބވާއިރު އޮންލައިންކޮށް ޓްރާންސެކްްޝަންތައް ހަދަން ސިއްހީ މާހިރުން އެދި ވަޑައިގަންނަވަ އެވެ.

ބެންކުން ވަނީ ގޭގައި ތިބެގެން އޮންލައިންކޮށް ބެންކުގެ އެކި ހިދުމަތްތައް ހޯދަން އެދިފަ އެވެ. އެގޮތުން، ބީއެމްއެލް އެކައުންޓުގެ ޕާސަނަލް އިންފޮމޭޝަން ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރެވޭނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.