ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެސިލިޓީއެއްގެ ޖިންސީ ހާދިސާ ހުށަހަޅާފައެއް ނެތް: ފުލުހުން

May 12, 2020
4

އއ. ވެލިދޫ ރިސޯޓުގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީގައި ޖިންސީ ގުޅުން ހިންގުން ފަދަ ޖިނާއީ ކުށެއް ނުވަތަ ޖިންސީ ފުރައްސާރަ ކުރުން ފަދަ ކަމެއްގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި އެ ކަރަންޓީނު ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުރި ސިފައިންގެ އެންމެ އިސް މީހާއާ އިއްޔެ ދަންވަރު އެކަހެރިކޮށް ކޮޓަރިއެއްގައި ތިއްބާ ވަނީ ފަޅާ އަރާފަ އެވެ. އެ ކަން އެނގުނީ ސިފައިންގެ މީހާ ކޮޓަރިން ނުކުންނަކޮށް ފުލުހަކަށް އެކަން އެނގިގެންނެވެ. އެ މައްސަލަ ބަލަން ފެށި ކަމުގެ މައުލޫމާތު ވެސް ލިބުނު އަދި ރޭގެ އިރާކޮޅު އަންހެން ޑޮކްޓަރު ވަނީ މާލެވެސް ގެނެސްފަ އެވެ.

ނަމަވެސް ފުލުހުން މިއަދު ވަނީ ފުލުހުން އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ދެކެވޭ ވާހަކަ ދޮގު ކޮށްފަ އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް ހިނގައިގެން އުޅޭ ކަމަށް މިހާތަނަށް ހުށަހެޅިފައި ވެސް ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށެވެ.

އަންހެން ޑޮކްޓަރުގެ އާއިލާގެ މީހަކު ރޭ އަވަސްއާ ވާހަކަދެއްކި އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ މައްސަލަ ބަލަން ފެށި އެވެ. އަދި އެންއީއޯސީން އޭނާގެ ބަޔާނެއް ވެސް ނަގަން ނިންމި އެވެ.