ހަބަރު

މާރާމާރީ ހިންގި ދެ ބިދޭސީން ހައްޔަރުކޮށްފި

މާލޭގައި ރޭ ހިނގި މާރާމާރީއަކާއި ގުޅިގެން ދެ ބިދޭސީން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެނެސްފައެވެ.

އަދި މާރާމާރީގައި ތޫނު އެެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާ މަގުމައްޗަށް ވެއްޓިފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

ބިދޭސީ ގުރޫޕްތަކުގެ މެދުގައި މާރާމާރީ ހިނގާ ތޫނު އެއްޗެހި ބޭނުން ކޮށްގެން ހަމަލާ ދިނުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.