އުރީދޫ

މޫލީ އިން އީދު ހަދިޔާ އެއް

އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް، މޫލީ ގައި "އީދު ހަދިޔާ" ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފު ކޮށްފި އެވެ.

އީދަށް ހާއްސަކޮށް އުރީދޫން ތައާރަފު ކުރި މި ހިދުމަތް މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި އުޅޭ މީހުންނަށް އީދު ހަދިޔާ ފޮނުވޭނެ އެވެ.

އުރީދޫ އެޕް މެދުވެރިކޮށް މޫލީ އިން ފޮނުވޭ ހަދިޔާތަކުގެ ތެރެއިން، ދަ ސްޕޭސް ރެސްޓޯރަަންޓުގެ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް" އާއި "ކެރެޓު ކަޕްކޭކްސް" އަދި "ހައިބިސްކަސް ކޭކް" އާއި ބްރޭންޑްލޫމް، އަލޯރާ ފިހާރައިގެ ސާމާނާއި މަލްޑައިސް، ވީސްޓޯ އަދި ލިންކް ސާވްއިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުން ދިވެހި ބްރޭންްޑް "ތަކެތި" ގެ ފޮތް ވެސް ހިމެނެ އެވެ.