ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 24 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު 24 މީހަކު ކޮވިޑް-19 އަަށް ޕޮޒިޓިިވް ވެއްޖެ އެވެެ.

އެޗްޕީއޭ އިން މިއަދު ހަވީރު ބުނީ ރާއްޖެއިން ކޮވިޑަށް އިތުރު 24 މީހަކު ޕޮޒިޓިވް ވެފަައިވާ ކަމަށެވެ. އެއީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ ދެ މީހަކު ކަމަށެވެ.

މި 24 މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1391 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރޭގެ ނިޔަލަށް 127 މީހަކު ރަނގަޅުވެފައި ވެސް ވެއެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރު ވެސް ވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ދުވަހަށް ފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިއަދު ބައެއް ރަށްތަކަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން މާލޭގެ ލޮކްޑައުންގެ ހާލަތު މިމަހުގެ 28 ގެ ފަހުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތެއް ވެސް ހެލްތު މިނިސްޓަރު ވަނީ ދެއްވާފަ އެވެ. ނަމަވެސް ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަންޖެހިދާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.