ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަމްރިތާ ހޮސްޕިިޓަލާއެކު އާސަންދައިން ޓެލެ ކޮންސަަލްޓޭޝަން ދެނީ

އާސަންދަ އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އިންްޑިއާގެ އަމްރިތާ ހޮސްޕިޓަލް ގުޅިގެން ޓެލެ ކޮންސަލްޓޭޝަން ދޭން ފަށައިފި އެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ، މި ހިދުމަތް ފެށީ މިހާތރު އޮތް ހާލަތުގެ ގޮތުން ބޭސްފަަރުވާ އަށް ރާއްޖެއިން ފޮނުވަން ޖެހޭ މީހުން ނުފޮނުވޭތީ ހާލަތު ބަދަލުވަން ދެން އެ ފަރާތްތަކަށް ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ.

ހިދުމަތް ހޯދާ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލުގައި އެކަމަށް ހާއްސަކޮށްފައިވާ ނިޒާމު މެދުވެރިކޮށް ބައްޔާ ގުޅުންހުރި ބޭރުގެ ހާއްސަ ޑޮކްޓަރުންނާ ވީޑިއޯ މެދުވެރިކޮށް ކޮންސަަލްޓް ކުރެވޭނެ ގޮތް ވަނީ މިހާރު ހަމަޖައްސާފަ އެވެ.

މި ހިދުމަތް ހަފުތާގެ ފަަސް ދުވަހު ދެ އެވެ. އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ދެވޭ ހިދުމަތް ތަކަކީ

  • ކުޑަކުދިންގެ ހާއްސަ ބަލިތައް
  • ހިތުގެ ފަރުވާ
  • ޓިއުމަރުގެ ފަަރުވާ
  • ބޮލާއި ކަރުގެ ސާޖަރީ
  • ކުޑަކަމުދާ ނިޒާމު ބަލިތައް

އާސަންދަައިން އިތުރަށް ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް ބޭރުގެ އިތުރު ހޮސްޕިޓާ ތަކާ ގުޅިގެން ޓެލެ ކޮންސަލްޓޭޝަން ދޭން ވަނީ ނިންމާފައި ކަމަށެވެ. އަދި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައިވެސް މި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަަންނަ ކަމަށްވެސް ބުންޏެވެ.