މޯލްޑިވްސް ޕޮލިސް ސާވިސް

ފެސިލިޓީއެއްގައި ފުލުހަކު ޖިންސީ ފުރައްސާރަކޮށްފި

ކަރަންޓީން ފެސިލިޓީއެއްގައި ޑިއުޓީ ކުރަމުންދިޔަ ފުލުހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރަމުންދިޔަ ފިރިހެން ފުލުހަކު އެތަނުގައި މަަސައްކަތް ކުރަމުންދިޔަ އެހެން އިދާރާއެއްގެ އަންހެން މުވައްޒިފަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށާ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންވެސް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން ރިސޯޓެއްގަައި ހަދާފައިވާ ކަރަންޓީން ފެސިލިޓީއެއްގައި ސިފައިންގެ ކޮމާޑަރަކާއި ޑޮކްޓަރަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއްވެސް ފެންމަތިވިއެވެ.

އެކަން ދޮގު ކުރުމަށްފަހު، ފަހުން ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.