ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 11 އަށް: މިނިސްޓްރީ

މާލެ ސަަރަހައްދުގައި ދެމުން އަަންނަ ޑެލިވަރީގެ ހިދުމަތް ދިނުން ރޭގަނޑު 11:00 އާ ހަމައަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން ވިޔަފާރީގެ ގަޑިތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަަ އެވެ. އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފުލުހުންގެ ހުއްދައާއެކު ފިހާރަަތަކަށް ހުޅުވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި، ސައި ހޮޓާތަކާއި ކެފޭ ރެސްޓޯރެންޓާއި ކެފެޓީރިއާތަކުގެ ޑެލިވަރީ އާއި އޮންލައިން ވިޔަފާރިތަކުގެ ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 9:00 ރޭގަނޑު 11:00 އަށް ކަމަށެވެ.

މިނިސްޓްރީ އިން ކަނޑައެޅި ގަޑިތަކަށް އިއްޔެ އިން ފެށިގެން ވަނީ އަމަލު ކުރަަން ފަށާފަ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ހަފުތާއަކަށް ދަމާލާއި ލޮކްޑައުންގެ ހާލަތުގައި ލުއި ތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފަަ އެވެ. އެގޮތުން، ގޭބީސީތަކުން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތައް ވަނީ އިތުރުކޮށްފަ އެވެ. އަދި ބައެއް ކަހަލަ ވިޔަފާރިތަކަށް ވެސް ޑެލިވަރީގެ ހިދުމަތް ކުރުމަށް ފުރުސަަތު ދީފަ އެވެ.

މީގެ އިތުރުން، ލުއި ދިނުމަށްފަހު ދެ ހަފްްތާ ފަަހުން ކެފޭ ރެސްޓޯރަންޓުތަކުން ޓޭކްއަވޭ އަށް ހުޅުވާލާނެ ކަމަށް ވެސް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ.