އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގަމުން ދަނިކޮށް ހއ. ހޯރަފުށިން އަތުލައިގަތް މީހާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ހޯރަފުއްޓަށް ނިސްބަތްވާ އެމީހާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި އިތުބާޜު ހުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުމުގެ ދައުވާ އެވެ.
މި ދެ ދައުވާ އުފުލައި މައްސަލަ މިހާރު ވަނީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފަ އެވެ.
މި މައްސަލާގައި ހިމެނޭ އުމުރުން 53 އަހަރުގެ މީހާ ހޯރަފުށިން ހައްޔަރުކުރީ ކުޑަ ކުއްޖާއެކު ޖިންސީ އަމަލު ހިންގައިނިކޮށް ބަޔަކަށް ފެނި އެކަން ފުލުހަށް ރިޕޯޓް ކުރުމުންނެވެ. އެ ހާދިސާގެ ވީޑިއޯ ވެސް އާންމުވިއި އެވެ.