ހަބަރު

ޔުނިވާސަލްއިން 20،200 ޓެސްޓު ކިޓު ހަދިޔާކޮށްފި

ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރަން އެހީ ވުމުގެގޮތުން ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން 20,200 ޓެސްޓްކިޓް ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަށް އެހީވުމަށް ޔުނިވާސަލް އިން މި ކިޓްތައް ހަދިޔާ ކޮށްފައި ވަނީ ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓެސްޓް ކިޓް ތަކާ ހަވާލުވެ ވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މިކަމާގުޅިގެން ހެލްތު މިނިސްޓަރު އަަބްދުﷲ އަމީން ވަނީ ޔުނިވަސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، ޑަބްލިއުއެޗްއޯ އިންވެސް ވަނީ ރާއްޖެ އަށް 10،000 އަށް ވުރެ ގިނަ ޓެސްޓު ކިޔު ހަދިޔާކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް އަށް 1883 މީހަކު ޕޮސިޓިވްވެފައި ވާއިރު މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަަ އެވެ. މިއަދު މަރުވީ 38 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ.