ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޓާމިނަލް މަސައްކަތުގެ ފޮޓޯއެއް: ޝެޑިއުލަށް ނިމޭނެ

އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ: ޓާމިނަލް ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރަށް -- ފޮޓޯ: އެމްއޭސީއެލް
75%
0%
25%

ރާއްޖޭގައި މިހާރު ކުރިއަށް ދާ އެންމެ ބޮޑު މަޝްރޫއަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫ އެެވެ. އެ މަޝްރޫއުގެ އެންމެ ބޮޑު ބަޔަކީ އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލެވެ. އެ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ އިރު އެއާޕޯޓް ހިންގާ، އެމްއޭސީއެލުން މިވަނީ އާ ޓާމިނަލްގެ މަސައްކަތުގެ ފޮޓޯއެއް ދައްކާލާފަ އެވެ. އެ ފޮޓޯއާއެކު އެމްއޭސީއެލް އިން ބުނެފައި ވަނީ ޓާމިނަލްގެ މަސައްކަތް ކުރިން ވެސް ރޭވިފައިވާ ގޮތަށް 2022 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށެވެ.

"ލޮކްޑައުންގެ ތެރޭގައި ވެސް މަސައްކަތް ކުރިއަށް ގެންދޭ އެބަ. އެހެންވެ ޝެޑިއުލްކޮށްފައިވާ ތާރީހަށް ޓާމިނަލް ނިމޭނެ،" އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވި އެވެ.

ތިން ބުރިއަށް ހަދާ ބޮޑު މި އިމާރާތުގެ ފުރަތަމަ ޝީޓުގެ ބައިތަކެއްގައި ކޮންކްރީޓް މަސައްކަތ ވަނީ ނިންމާލާފަ އެވެ. އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ ބައެއް ބައިތައް ގެންނާނީ ރާއްޖެއިން ބޭރުންނެވެ.

އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ: ޓާމިނަލް ނިންމަން ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރަށް -- ފޮޓޯ: އެމްއޭސީއެލް

މިހާރު ބޭނުން ކުރާ ޓާމިނަލާ އިންވެގެން ހަދާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ކުންފުންޏަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 21، 2016 އިގަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ފަންޑިންގެ މައްސަލަތަކާއެކު މަޝްރޫއު ލަސްވުމަށް ފަހު މިހާރު މަސައްކަތް ހިނގަ އެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ ކުންފުނިންނެވެ. އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ސަރުކާރުން ބުނެފައި ވަނީ އާ ޓާމިނަލް ނިމޭއިރު ދިވެހިވަންތަ ސިފަ ފެންނާނެ ކަމަށެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލު ކޮށްފައި ވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމްއަކުންނެވެ.

އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ: ޓާމިނަލް ނިންމަން ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރަށް -- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ އަޅާފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ވަނީ ބޮޑުބައި ނިންމާފަ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރާއްޖެ.

ވެރިކަމުގަ ބުޅަލެއް ހުއްޓަސް ތި ޕްރޮޖެކްޓް ކުރިއަށް ދާނެ. ޥެރިކަމުން ޔާމީން ފޭބީ ޕްރޮޖެކްޓް ޔަގީން ކޮއްފަ

ކާކުބާ

ޔާމީނު ވެރިކަމުގަ އޭނަގެ ގޭކުރިމަތީ އޮންނަ މަގު ތާރުއަޅައިގެން ހަދާފަ ރަށު އެއާޕޯޓުގަ 2 ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއު ހިންގާފަ ގެއާއި ދިމާލުން ބޮޑު ބުރިޖެއްއަޅާފަ އާއިލާމީހުން ބަލިވީމަދާ ރަށުހަސްފަތާލު 25 ބުރިއަށްނެގި. 10 ވަރަކަށް ބިލިއަން ޑޮލަރުގެ މަޝްރޫއުތައް. އޭނަގެ 5 އަހަރު އައްޑޫގައި ހިންގީ އެންމެ 75 މިލިއަނުގެ މަޝްރޫއު.

އައްޔު

ތިޔަ ޓާމިނަލަށް ބަލާލުމުން ދުރުވިސްނޭ ވެރިއެއްގެ ދުރުވިސްނުން ސިފަވޭ މިޤައުމަށް 35 އަހަރުން ނުގެނެވުނުހާ ތަރައްޤީ އެމަނިކުފާނު ގެނެސްދެއްވީ އޭރުގެ އިދިކޮޅުމީހުން ކިހިލިޖަހައިގެން އެއާރޕޯޓް ނިންމަން ނެގި ލޯނުތަށް އެކިއެކި ސަރުކާރުން ނެގި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ލޯނުނެގިގޮތަށް އެއަރޕޯޓްގެ ރަންވޭ ނިންމާ ތެޔޮ ރައްކާކުރެވޭގޮތާއި ޓާމިނަލް އާއި އަދިވެސް އަދިވެސް ސާބަހޭ ރައީސް ޔާމީނު ތިޔަ ކޮށްދެއްވި ބުރަބޮޑު ބިޔަ މަސައްކަތަށް ޝުކުރުދަންނަވަން

އައްޔު

ތިޔަ ޓާމިނަލަށް ބަލާލުމުން ދުރުވިސްނޭ ވެރިއެއްގެ ދުރުވިސްނުން ސިފަވޭ މިޤައުމަށް 35 އަހަރުން ނުގެނެވުނުހާ ތަރައްޤީ އެމަނިކުފާނު ގެނެސްދެއްވީ އޭރުގެ އިދިކޮޅުމީހުން ކިހިލިޖަހައިގެން އެއާރޕޯޓް ނިންމަން ނެގި ލޯނުތަށް އެކިއެކި ސަރުކާރުން ނެގި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ލޯނުނެގިގޮތަށް އެއަރޕޯޓްގެ ރަންވޭ ނިންމާ ތެޔޮ ރައްކާކުރެވޭގޮތާއި ޓާމިނަލް އާއި އަދިވެސް އަދިވެސް ސާބަހޭ ރައީސް ޔާމީނު ތިޔަ ކޮށްދެއްވި ބުރަބޮޑު ބިޔަ މަސައްކަތަށް ޝުކުރުދަންނަވަން

ޗަކޮއެ

ތިއީ ޔާމީނު އޮޅިގެން ކުރިކަމެއްނޫން.

ރާއްޖެ.

ށުކުރިއްޔާ ޔާމީން

ލލ

މިތަނަށް 50 ހަކަށް އަހަރު މިވަނީ ވޭތުވެ ދިޔަށް ކޮންމެ ސަރުކާރަކުން ވައްކަން ކުރަން ގެންގުޅު އެންމެ ބޮޑު ޓޫލް އަކީ މިތަން ! ކިތަށް ބޭރުގެ ލޯނު މިތަން ހަދަން ނަގާފަ އެބަހުރިތޯ ؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910