ހަބަރު

މާލެ ވިލިމާލެ ފެރީ ދަތުރުތައް އިތުރުކޮށްފި

މާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން އެމްޓީސީސީން މާލެ އާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް އިތުރުކޮށްފި އެވެ.

އޭޕްރީލްމަހު އިއުލާން ކުރި ލޮކްޑައުންއާ ގުޅިގެން އެމްޓީސީސީން ދެމުން އައި ޕަބްލިކް ޓްރާންސްޕޯޓްގެ ގިނަ ހިދުމަތްތައް އާއްމު ޝެޑިއުލް އާ އެއްގޮތަށް ކުރިއަށްގެންދިޔުން ވަނީ ހުއްޓާލާފަ އެވެ. މާލެ ހުޅުމާލެ އަދި ވިލިމާލެ އާ ދެމެދު ދަތުރުކުރާ ފެރީ އާއި ބަހުގެ ހިދުމަތްތައްވެސް ދެމުން އައީ ހުއްދަ އާއެކު ކަނޑައަޅާފައިވާ ވަކި ވަގުތުތަކެއްގަ އެވެ.

އެމްޓީސީސީން މިއަދު ބުނީ މާލެ އާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް އިއްޔެ އިން ފެށިގެން
އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން، ވިލިނގިއްޔަށް ކުރާ ދަތުރުގެ ޝެޑިއުލަށް އަށް ދަތުރު އިތުރުކޮށްފައިވާކަމަށެވެ. އަދި މި އިތުރު ކުރި ދަތުރުތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ލުއި ތަކެއް ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ދަަނީ ކޮވިޑް-19 އާ ގުޅިގެން ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށީގެ އިތުރުން ރާއްޖޭގެ 11 އަތޮޅަކަށް ހާއްސަ ކާގޯ ފެރީތަކެއްވެސް ބާއްވަމުންނެވެ.