ޖިންސީ ގޯނާ

ފިރިހެން ދަރިވަރުންނާ ބެހުނު މައްސަލައެއް ބަލަން ފަށައިފި

Jun 7, 2020

ދަރިވަރުންތަކަކަށ ޖިންސީ ގޯނާ ކުރި ޓީޗަރެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން ހިމެނޭ ރަށެއްގައި ގުރުއާން ކުލާހެއް ހިންގާ ޓީޗަރަކު އޭނާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އިއްްޔެ ހުށައެޅި ކަމަށެވެ. އެ ތުހުމަތުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަަށެވެ.

އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ 18 އަހަރު ނުފުރޭ ފިރިހެން ކުދިންތަކަކަށެވެ. ނަމަވެސް އެއީ ކިތައް ކުދިން ކަމެއް ސާފެއް ނުވެ އެވެ.

ފުލުުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ކުޑަކުދިިންނާއި ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާ ކުދިންނާ ގުޅުންހުރި ޒާތީީ މައުލޫމާތުތައް ސިއްރުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.