ޖިންސީ ގޯނާ

ފިރިހެންކުއްޖަކާ ބެހުނު ދެ ފިރިހެނަކު ހައްޔަރުކޮށްފި

މެދު އަތޮޅުތަކުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ ހިމެނޭ ސަރަހައްދުގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުދަނގޫ ކުރާ ކަމަށް ބުނެ މި މަހުގެ ހަތަރު ވަނަ ދުވަހު މައްސަލައެއް ހުށަހެޅި ކަމަށާއި އެ މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައި ވަނީ ދިވެހި ދެ ފިރިހެނެކެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ކުއްޖާއަކީ އެކި ފަހަރު މަތިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން އެނގިފައިވާ ކަމަށެވެ.