ބާރަށް

އަނެއްކާވެސް ބަނޑަށް ދަރިިފުޅު މަރުވި މައްސަލައެއް

ބަނޑު ތެރެއަށް ކުއްޖާ މަރުވި މައްސަލައެއް އަނެއްކާ ވެސް ދިމާވެއްްޖެ އެވެ.

މިފަހަރުގެ ހާދިސާ އައީ ހއ. ބާރަށުންނެވެ. އާއިލާގެ ފަރާތުން އަވަސް އަށް މައުލޫމާތު ދެމުން ބުނީ އެ އާއިލާއިން އެންމެ ފުރަތަމަ ދިޔައީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އެ ހޮސްޕިޓަލަށް ދެއްކުމުން ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ގޯސް ކަމަށާއި އަވަހަށް ރީޖަނަލް ހޮސްޕިޓަލަށް ދާން އެދުނު ކަމަށެވެ.

"ކުޅުދުއްްފުށްޓަށް ދާން ބުނީ، ސްކޭން ހެދުމަށް ބަނޑުގައި ރިއްސާތީ... އެކަމަކު އަޅުގަނޑުމެންގެ ތަނަވަސްކަމެއް ނެތް ވަގުތުން ވަގުތަށް ކުޅުދުއްފުއްޓަށް ދާކަށް. އަޅުގަނޑުމެން އެދުނިން އާސަންދަ ހަމަޖައްސައި ދޭން. އެކަންވެސް އެހެން ނުވި. ޑޮކްޓަރުން ގާތުގައި ބުނިން މިއަށްވުރެ ބޮޑު އެމަޖެންސީ އެއް ވަކި ދިމާވާނެހޭ؟ އެކޮޅުން ބުނަނީ، ވަކި އުސޫލެއްގެ ތެރޭން ކުރަން އޮންނަ ކަމެކޭ މިއީ!" އޭނާ ބުންޏެވެ.

އާއިލާއިން ބުނިި ގޮތުގައި، އާސަންދަގެ އެހީއަށް އެދި ނުލިބުމުން ކުޅުދުއްފުށްޓަށް ދެވޭނެ ގޮތެއް ނުވި ކަމަށާއި އެހެންވެ އެނބުރި ބާރަށް ދިޔައީ ކަމަށެވެ. އޭގެ ފަހުން އަމިއްލަ ހަރަދުގައި އިއްޔެ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ. ނަމަވެސް، ދިޔައިރު އޮތީ މާ ލަސްވެ ބަނޑުގެ ތެރެއަށް ކުއްޖާ މަރުވެފައި ކަމަށެވެ.

"ދެން ގޮސް ޑޮކްޓަރަށް ދެއްކީމާ ބުނީ، ވިންދެއް ނެތޭ ގެންދިޔައިރު ވެސް މަރުވެފައޭ އޮތީ. މަރުވި އިރު ބަނޑަށް ތިން މަސް..."

ބަނޑުން ދަރިފުޅު ނަގަންދެން އެ ރަށުގައި މަޑު ކުރެވޭނެ ގޮތެއް ހަމަޖެހިފައި ނެތި، އަލުން ދާން ދަތިވި ކަމަށާއި ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން އެ އާއިލާ އައީ ބަނޑުން ދަަރިފުޅު ނުނަގަ ވެ. އޭގެ ފަހުން ދިއްދުއަށް ގޮސް ދަރިފުޅު ނެގީ ކަމަށް އާއިލާއިން ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަށްތައް ބަންދުކޮށްފައި ދަތުރުފަތުރު އޮތީ ހުއްޓިފަ އެވެ. އޭގެ ފަހުން މާބަނޑު މީހުންނަށް ގަވައިދުން ކުރަންޖެހޭ ޗެކްއަަޕްތައް ކުރުމުގައި ދަތިތައް ދިމާވެ، ބަނޑު ތެރެއަށް ދަރިފުޅު މަރުވުން ފަދަ ހާދިސާތައް ދިމާވެފައި ވެއެވެ.

އެގޮތުން، ތޮއްޑޫގައި އާއި ނަރުދޫ އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި ހާދިސާއެއް މި ފަހުން ހިނގައިފި އެވެ.

މިފަދަ ކަންކަން ހިނގާކަން ފާހަގަވެ، ކުއްލި ސިއްހީ ހާލަތްތަކުގައި ވެސް މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް ނައިބު ރަައީސް ފައިސަަލް ނަސީމް ވަނީ މި ހަފުތާގައި ވިދާޅުވެފަ އެވެ.