ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޖީއެމްއެޗް އޯޕީޑީގެ ހިދުމަތް މާދަމާ ފަށާނެ

އައިޖީއެމްއެޗުގައި މެދުކަނޑާލާފައި އޮތް އޯޕީޑީގެ ހިދުމަތްތައް މާދަމާ އަލުން ފަށަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، އައިޖީއެމްއެޗުގައި ދެމުން އަންނަ ގިނަ ހިދުމަތްތަކެއް އޮންލައިން ކޮންސަަލްޓޭޝަން އަށް ބަދަލު ކުރި އެވެ. އަދި، ހުން އައިސް ރޯގާގެ އަަލާމާތްތައް ހުންނަ ފަރާތްތަކަށް ހާއްސަ ކުރީ ފްލޫ ކްލިނިކް ތަކެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސިިޓީގެ ފުރަަބަންދަށް ލުއިތަކެއް ދިނުމުގެ ދެވަނަ މަރުހަލާގެ ދަށުން އެ ހޮސްޕިޓަލުގައި އޯޕީޑީގެ ހިދުމަތްތައް އަލުން ފަށާނެ ކަމަށެވެ. މި ހިދުމަތްތައް ފަށަނީ ކޮވިޑްގެ ނުރައްކާތެރިކަން ފިލައިގެން ގޮސްފައިވާތީ ނޫން ކަމަށާއިި، ކޮވިޑް ނޫން ބަލިތަކަށް ފަރުވާ ފޯރުކޮށްދިނުމަށް ކަމަށެވެ.

"ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ސިއްހީ މާރިހުން ލަފާ ދެއްވާ ގޮޮތަށް ކޮވިިޑް-19 ފެތުރުމާއި ބަލީގައި ގިނަ ބަޔަކު ސީރިއަސް ވުމުގެ ނުރައްކާތެރިކަން އަދިވެސް އެބަ އޮތެވެ. ނަމަވެސް މި ހިދުމަތް މި ފަށަނީ ކޮވިޑް-19 ނޫން އެހެން ބަލިތަކުގެ މީހުންނަށް ލިބެންޖެހޭ ފަރުވާ ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭތީ.." އައިޖީއެމްއެޗުގެ ބަޔާނުގައި ވެ އެވެ.

އިތުރަށް ބުނީ، އޯޕީޑީ އަށް އެޕޮއިންޓްމަންޓް ހެދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓު ހެދުމުގެ ބަދަލުގައި ހެދޭނީ އެ ޑިޕާޓްމަންޓެއްގެ ހާއްސަ ޑޮކްޓަރަކަށް ކަމަށެވެ.

އޯޕީޑީގެ ހިދުމަތްތައް ފެށިކަމުގައި ވިޔަސް އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތްތައް އަދިވެސް ކުރިއަށްދާނެ ކަން ވަނީ އެ ހޮސްޕިޓަލުން ފާހަގަ ކޮށްފަ އެވެ. އަދި، ހުން އައިސް ރޯގާގެ އަަލާމާތްތައް ހުރި ކަމުގައިވާނަމަ، ހޮސްޕިޓަލުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދިއުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ކޮވިޑް އާ ގުޅިގެން އަމަލުކުރަމުން އައި އުސޫލުތަކަށް މިހާރުވެސް އަމަލު ކުރާނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެ ފިޔަވަޅުތަކަކީ ބަލި މީހުންނަށް ޒިޔާރަތްކުރާ ވަގުތުުތައް ހުއްޓާލުމާއި އެޑްމިޓްކޮށްފައިވާ ބަލިމީހާ ކައިރީ މަޑުކުރެވޭނީ އެންމެ މީހަކަށެވެ. އަދި ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިއުމަށްވެސް އެ ހޮސްޕިޓަލުން އެދެ އެވެ. އަދި ހޮސްޕިޓަލަށް ވަންނަ މީހުން ހުމަށް ސްކްރީން ކުރުންވެސް ކުރިއަށްގެންދެ އެވެ.