ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދައުލަތަށް އަންނަ އަހަރު ލިބޭނީ 19 ބިލިއަން ރުފިޔާ

އަންނަ އަހަރު ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 19 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެ އެވެ.

ސަރުކާރުން ކުރިން އަންދާޒާކޮށްފައި ވަނީ މި އަހަރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު ބެލެވިފައިވާ ގޮތުގައި ލިބޭނީ އެންމެ 15.1 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ލިބޭނެ ކަމަށް މިހާރު އަންދާޒާ ކޮށްފައި 19 ބިލިއަން ރުފިޔާ އެވެ.

އަދި ބަޖެޓުގެ ޑެފިސިޓް މި އަހަރު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ ހަ ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވެނީ ބަޖެޓް ޑެފިސިޓް ހުންނާނީ 16 ބިލިއަން ރުފިޔާގަ އެވެ.

އިގްތިސޯދީ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ "މީޑިއަމް ޓާމް ފިޒްކަލް ސްޓެޓަޖީ" ތަކެއް ތައްޔާރު ކުރަމުން ގެންދާ ކަމަށާ، އެހެންވެ ދައުލަތުގެ އާންދަނީ ހުންނާނެ ގޮތުގެ އަންދާޒާއެއް ލިބިފައިވާ ކަމަށެވެ.

އިތުރަށް 12 ބިލިއަން ރުފިޔާ ހޯދަން ޖެހޭ

"އަންނަ އަހަރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ވަންނާނީ 19 ބިލިއަން ރުފިޔާ، އަދި ދައުލަތުގެ ފިޒްކަލް ޑެފިސިޓް ހުންނާނީ 14.4 ބިލިއަން ރުފިޔާ. އަންނަ އަހަރު ފައިނޭންޝަލް ގެޕް އެބަހުރި 16 ނޫނީ 17 ބިލިއަން ރުފިޔާ. މި އަހަރު އަދި އިތުރަށް ހޯދަން އެބަޖެހޭ 12 ބިލިއަން ރުފިޔާ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން ކުރިން އަންދާޒާކުރީ ގައުމީ އުފެއްދުންތެރިކަން 7.2 ޕަސެންޓުން އިތުރު ވާނެ ކަމަށެވެ. ނަމަވެސް މިހާރު އަންދާޒާ ކުރަނީ ރާއްޖޭގެ އިގްތިސޯދު 11.5 ޕަސެންޓަށް ދަށްވާނެ ކަމަށެވެ.