ރައީސް މުހައްމަދު ނަޝީދު

ފުލުހުންގެ ބިލުގެ މައްސަލާގައި ނަޝީދުގެ ރައްދެއް އިދިކޮޅަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު މާސްކް އަޅުއްވައިގެން -- ފޮޓޯ: މަޖިލީސް
28.6%
42.9%
28.6%

ސަރުކާރުގެ ފަރާތުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަކީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ހުށަހެޅި ބިލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް ބައެއް ބާރުތަކެއް ލިބިދޭ ގޮތަށް ކަމަށް ވާތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން އިން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތައް ހުންނެވީ ފުލުހުންގެ އަގު ވެއްޓިގެންދާނެ ގޮތަކަށް ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާފައިވެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ދައްކާފައިވާ ވާހަކަތަކަށް މިހާރުގެ ފުލުހުންގެ އިސް ބޭފުޅުން ވެސް ރައްދު ދެއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުގެ ވާހަކަ ނުގެންނެވައި ނަޝީދު ވިދާޅުވީ، ބައެއް ބޭފުޅުންގެ ވާހަކަތައް ހުންނެވީ އެ ބޭފުޅަކީ ސީދާ ފުލުހުންގެ މުއައްސަސާ ކަމަށް ހީވާ ފަދަ ގޮތަކަށް ކަމަށެވެ. އެ ގޮތަށް ދެކިގެން ހިޔާލު ފާޅު ކުރަމުންދާ ކަމަށެވެ.

"ފުލުހުންގެ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވާއިރު، ބައެއް ބޭފުޅުންގެ ނަޒަރުގައި، ފުލުހުންގެ މުއައްސަސާއަކީ އެ ބޭފުޅަކާ ޒާތީ ގޮތުން އެކަތި ކަމުގައި ދެކެވިގެން ބައެއް ބޭފުޅުން ހިޔާލު ފާޅު ކުރަމުންދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެން ވިދާޅުވީ ފުލުހުންގެ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ. އެ އިސްލާހުތަކުގެ ފަހަތަށް ރައްޔިތުން ނާންނަނީނަމަ އެ އިސްލާހުތައް އަންނަން ނުވެސް ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާ މަޝްވަރާ މަޖިލީހުން ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހްލާގީ މިންގަނޑެއް ނެތް ބައެއް ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ފުލުހުންނަށް ވަޒީފާ ދިނުމުގައި ރަނގަޅު ތައުލީމީ މިންގަނޑަކަށް ނުބަލައި ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެއަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށެވެ. އެހެންވިޔަސް ގިނަ ފުލުހުންގެ އަތުގައި މަތީ ސާނަވީގެ ސަނަދު އޮންނަ ކަމަށް ވިދާޅުވި އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަނާރަން

ނަޝީދޫ ކަލޭ އެކަނި ގައުމެއްނޫން މިއީ. ހަނދާން ކުރާތި މިގައުމަށް ބޭނުންހާއެއްޗެއް ހަދަންދެން އަހަރެމެން ބަލައިގެން ތިބޭނެއޭ. ކަލެއަށް މަ ތާއީދުކުރިން އެކަމަކު ދެން ނުކުރާން. ކަލެއަކީ މިގައުމުން އިސްލާމީ އަހުދަތާއި ވަހުދަތު ފުހެލަން މަސައްކަތްކުރާ މީހެއްކަން ކަށަވަރުވެއްޖެ. އަހަރެމެން ކަހަލަ ނިކަމެތިންނަށް ކަލެމެންގެ ސަބަބުން ލިބޭގެއްލުން މާބޮޑު. ތިއީ މިހާރު އަހަރެމެން ކަހަލަ މީހުންނަށް އުޅެން އުދަގޫވާވަރު ތިކުރަނީ. ތިއީ ވަރަށަ ހިތިކޮށް ނިމިގެން ދާނެ މީހެއް.

ޥާލު

ޢެންމެ ކިޔަވައިގެން ތިބީ މަޖުލީހުގައި ތިބި މީހުން. ތިތަނަށް ވަނުމުގެ ޝަރުތަކކކކ ކީ ފެންވަރެއް ނެތުން

ޚހގދ

ކޮންބައެއްތޯ މީގެ ދުވަސްތަކެއްކުރިންބުނީ ފުލުހުންގެ އިދާރާ އުވާލާފަ އެމަސައްކަތްކުރަން ހަވާލުކުރަންޖެހޭނީ ސިޓީ ކައުންސިލާއޭ. ރާއްޖޭގެ މިލިޓަރީއެއް އޮންނާކައްނުޖެހެއޭ މިގައުމައްއަރަން ބަޔަކުނާންނާނެޔޭ އަޔަސް އިންޑިޔާއިން މިގައުމު ހިމާޔަތްކުރާނެޔޭ. ކަންހިގާނީ މިދެންނެވިގޮތާ އިދިކޮޅައް. އަހަރެމެންނަކީ 24 ގަޑިއިރު ހަމައިގަތިބޭމީހުން.

ރަމްޒާން

މަޖިލީހުގެ ވާހަކަ ދެއްކީމަ ނަޝީދު ރައްދުދެނީ ނަޝީދުއަކީ މަޖިލީހުގެ އިދާރާތަ؟؟

ނަފީޒް

ނަޝީދުއަށް ހީވަނީ ނަޝީދުއަކީ މަޖިލިސްގެ އިދާ ރާ ކަމަށް..ނަޝީދުއަށް ހީވަނީ ނަޝީދުއަކީ މުޅިގައުމުކަމަށް..ފުލުހުންވެސް ރައްދުދޭނެ ރައްދުދޭ ވަ ރު ވީމަ..

ބޭބެ

ނޫސް ތަކުން މަޖުލީހުގެ މެންބަރުންގެ ތަ އުލީމީ ފެންވަރު ހާމަ ކޮށްދިނުމަށް ގޮވާލަން.

ބޯހަލާކު

މިޤައުގެ ރަތްޔަތުން ރަންނަމާރިއަށް ހެދިގޮތް ށްހަދަންވީ

ލލ

ކަލޭމެން މެމްބަރުން ތިޔަ މަޖިލިހަށް ވަދެފަ ތިޔަތިބީ މާބޮޑު ތައުލީމެއް ލިބިގެންތޯ ؟

ދެވިހިފި

ފުލުހުންގެ މުއައްސަސާއަކީ ނަސީދު މިގައުމަށް ދިމާވި އެންމެ ހީލަތްތެރި މީހަކީ ސީދާ އަންނި

February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678