ރެޑްވޭވް

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް އިން ރޯދަ މަހު ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ރެޑްވޭވްގެ 11 ފިހާރައިގައި ރޯދަ މަހާ ދިމާކޮށް ކުރިއަށްގެން ދިޔަ "ރެޑްވޭވް ރޯދަ ސޭލް" ޕްރޮމޯޝަންގައި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރި އެވެ. އެގޮތުން މި ޕްރޮމޯޝަން އަށް އެތައް ހާސް ކޫޕަން ލާފައިވާ ކަމަށް ރެޑްވޭވުން މިއަދު ބުންޏެވެ.

މި ޕްރޮމޯޝަންގައި އެންމެ އަގު ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ އަށް ދޭން ކަނޑައަޅާފައިވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ލިބުނީ "ސޮއްފަތު" (ކޫޕަން ނަމްބަރ: 97451) އަށެވެ. މީގެ އިތުރުން 30 ފަރާތަކަށް ވަނީ އެކި އިނާމުތައް ދީފަ އެވެ.

އެގޮތުންް، ރެޑްވޭވްގެ ބްރޭންޑްތަކުން 10 އިނާމަށް 10 ފަރާތަކާއި 75 އިންޗި ޓީވީ އަށް އެކަކު ހޮވި އިރު، 55 އިންޗިގެ ޓީވީ އަށް ގުރުއަތުން ފަސްް މީހަކު ހޮވި އެވެ. މީގެ އިތުރުން 49 އިންޗި ގެ ޓީވީ 10 މީހަކު ވަނީ ގުރުއަތުން ހޯދާފަަ އެވެ.

ރެޑްވޭވް އިން ބުނީ މި އަހަރުގެ ރެޑްވޭވް ސޭލް އަކީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެން ދިޔަ ޕްރޮމޯޝަނަކަށް ކަމަށެވެ. އަދި ކުރިއަށްއޮތް ޕްރޮމޯޝަންތަކުގައި މިއަށްވުރެގިނަ އިނާމް ތަކެއް ލިބިގެންދާނެ ކަމުގަ އެވެ.