ހަބަރު

ސްޓެލްކޯ އެޕުން ބިލް ދައްކައިގެން އިނާމު

ސްޓެލްކޯ އެޕުން ކަރަންޓު ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޖުލައި މަހުގެ ނިޔަލަށް އެޕް މެދުވެރިކޮށް ބިލު ދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ.

ގުރުއަތުން 10 ކަސްޓަމަރުން ހޮވައި ކޮންމެ ނަސީބުވެރިޔަކަށް 1،000 ރުފިޔާ ދެ އެވެ. އެ މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހެ އެވެ. އޭގެ ކުރީ މަހުގެ ބިލްތައް ދެއްކި ނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޓެލްކޯ އިން ވަނީ ހުރިހާ ބިލްތައް އެޕް މެދުވެރިކޮށް ދައްކަން އެދިފަ އެވެ. ބިލަށް އަރާވަރު އެޕުން އަމިއްލައަށް ހިސާބު ކޮށް، އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް ލެވެ އެވެ. އަދި ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތް ވެސް ބެލެ އެވެ.