ހަބަރު

އިތުރު ކުއްޖަކު ރޭޕްކުރި މައްސަލައެއް، އޭނާ ވެސް ބަނޑުބޮޑު

Jun 30, 2020
4

އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއް ރޭޕްކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. އެ ކުއްޖާ ބަނޑު ބޮޑު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ފުލުހަށް ހުށަހެޅި އެ އަމަލު ހިނގި ރަށެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެކަން ހިނގީ ސެންޓްރަލް ޕޮލިސް ޑިވިޒަންގައި ހިމެނޭ ރަށެއްގަ އެވެ.

މިއީ ކުއްޖާ ރޭޕްގެ މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލަ ފެންމަތިވި އިރު 18 އަހަރު ނުފުރޭ އެހެން ކުއްޖެއް ރޭޕްކުރި މައްސަލައެއް ވެސް ފުލުހަށް މިއަދު ފުލުހަށް ހުށަހަޅާފައިވެ އެވެ. އެއީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ވެސް ބަނޑުބޮޑެވެ. އެ ކުއްޖާގެ މައްސަލަ ފުލުހަށް ހުށަހެޅީ ރަށު ސިއްހީ މަރުކަޒުންނެވެ.

އެނގިފައިވާ ގޮތުގައި ކޯޓުން ބޭރުގައި އެ ކުއްޖާއާ މީހަކު އިނދެގެން އުޅުނެވެ. ނަމަވެސް އެކަން އެއްވެއް ފަރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ.

މި ދެ މައްސަލަ ފެންމަތިވެފައި މިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާންމުން ރުޅިގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ގދ. ކަނޑުހުޅުދޫގައި ހިނގައިދިޔަ ޖިންސީ އަނިޔާގެ ހާދިސާއަކަށްފަހު ވެސް މިފަދަ އެތައް މައްސަލައެެއް ފެންމަތިވި އެވެ.