ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޖީއެމްއެޗް އިން އޯޕީޑީގެ ވަގުތު އިތުރުކޮށް ރޫޓިން އޮޕަރޭޝަންތައް ފަށަނީ

އައިޖީއެމްއެޗުގެ އޯޕީޑިގެ ހިދުމަތްދޭ ވަގުތުތައް އިތުރުކޮށް ދުރާލާ ރޭވިގެން ކުރާ ރޫޓިން އޮޕަރޭޝަންތައް މެދުކެނޑުމަކަށްފަހު އަލުން ފަށަން ހަމަޖެހިއްޖެ އެވެ.

އައިޖީއެމްއެޗުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިދިނުމުގެެ ތިންވަނަ މަަރުހަލާ އާއެކު ހޮސްޕިޓަލުގައި އޯޕީޑީގެ ހިދުމަތްދޭ ވަގުތުތައް އިތުރު ކުރަން ނިންމާ، ރޫޓިން އޮޕަރޭޝަންތައްވެސް ފަށާނެ ކަމަށެވެ.

މި ހިިދުމަތްތައް ފަށަނީ ކޮވިގެ އިތުރުން އެހެން ބަލި މީހުންނަށްވެސް ލިބެންޖެހޭ ފަރުވާ ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭތީ ކަމުގައި އެ ހޮސްޕިިޓަލުން ބުންޏެވެ.

"އޯޕީޑީގެ ހިދުުމަތްތަކާއި ދުރާލާ ރޭވިގެން ކުރާ އޮޕަރޭޝަންތައް ކުރުމަށް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިންނާއި ސިއްހީ މާހިރުންގެ ލަފާގެ މަތިން"

އޯޕީޑީ ހިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ އަށަކުން ހަތަރަކަށް ދޭނެ އެވެ. އަދި، މިހާރުވެސް ކުރިއަށް ގެންދާ އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އަދި ބުނީ ރޯގާ އާއި ހުމުގެ އެއްވެސް އަލާމާތެއް ހުރިނަމަ ދައްކަންޖެހޭނީ ފްލޫ ކްލިނިކަށް ކަމަށެވެ.

ފުރަބަންދަށް ލުއި ދިން ނަމަވެސް، ވިޒިޓިން އަވާސް އަދިވެސް މަނާ ވާނެ ކަމަށާއި ބަލިމީހާ ކައިރީ ވޯޑުގައި މަޑުކުރެވޭނީ އެކަކަށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. މީގެ އިތުރުން، ރޯގާ އަށް ސްކްރީން ކުރުން ފަދަ ސަލާމަތީ ފިޔަވަޅުތައް އަަދިވެސް އަަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.