ހަބަރު

10 އަހަރުގެ ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި

Jul 3, 2020

އުމުރުން 10 އަހަރުގެ ދޮންދަރިއަށް ޖިންސީ ގޯނާކުރި މައްސަލާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. މި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 57 އަހަރުގެ މީހެކެވެ.

މިކަން ހިނގާފައިވަނީ ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގަ އެވެ. ކުޑަ ކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ ސީދާ ރަށެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވާން ފަށައިފަ އެވެ. ދާދި ފަހުން ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެ، އެ މައްސަލަތަކާ ގުޅިގެން މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.

އޭގެފަހުން ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ. އެ ދެ ކުދިން ވެސް ބަނޑުބޮޑެވެ. އެ ދެ މައްސަލާގައި ވެސް މިހާރު ވަނީ ތުހުމަތުވާ މީހުން ހައްޔަރުކޮށްފަ އެވެ.