ހަބަރު

ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 15 ދުވަހަސް

Jul 4, 2020

އުމުރުން 10 އަހަރުގެ ދޮންދަރިއަށް ޖިންސީ ގޯނާކުރި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 57 އަހަރުގެ މީހެކެވެ.

މިކަން ހިނގާފައިވަނީ މާފުށީގަ އެވެ. އެމީހާގެ ބަންދު ޖަހާފައިވަނީ މާފުށީ ކޯޓަށް މިއަދު ހާޒިރުކުރުމުންވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ އެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވާން ފަށައިފަ އެވެ. ދާދި ފަހުން ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެ، އެ މައްސަލަތަކާ ގުޅިގެން މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.

އޭގެފަހުން ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ. އެ ދެ ކުދިން ވެސް ބަނޑުބޮޑެވެ. އެ ދެ މައްސަލާގައި ވެސް މިހާރު ވަނީ ތުހުމަތުވާ މީހުން ހައްޔަރުކޮށްފަ އެވެ.