ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޖީއެމްއެޗުން އުސޫލުތައް އަނެއްކާވެސް ހަރުކަށިކޮށްފި

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އައިސީޔޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް އަނެއްކާވެސް މެދުކަނޑާލައިފި އެވެ.

ކޮވިޑް19 އާއި ގުޅިގެން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިދިނުމުގެެ ތިންވަނަ މަަރުހަލާ އާއެކު ހޮސްޕިޓަލުގައި އޯޕީޑީގެ ހިދުމަތްދޭ ވަގުތުތައް އިތުރު ކުރަން ނިންމާ، ރޫޓިން އޮޕަރޭޝަންތައްވެސް ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނީ އިއްޔެ އެވެ. ލުއިތަކަށްފަހު، އައިޖީއެމްއެޗުގެ އައިސީޔޫގައި އޮތްް ކެންސަަރު ބައްޔަށް ފަރުވާ ކުރާ މީހާގެ ކޭސްއާ ގުޅިގެން އިތުރު ޕޮސިޓިވް ހަ ކޭސް ވަނީ ފެނިފަ އެވެ. އެއީ ދެ ބަލި މީހުންނާއި ހަތަރު މުވައްޒަފުންނެވެ. މިހާރުވެސް ދަނީ ކޮންޓެކްޓް ޓްރޭސްކޮށް ޓެސްޓުތައް ހަދަމުންނެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ކޭސްތަކާ ގުޅިގެން، ކުރިން ދޭން ހަމަޖައްސާފައި ހުރި ލުއިތައް މެދުކަނޑާލާފައި ވާ ކަމަށެވެ.

"ފުރަބަންދަށް ލުއި ދިނުމުގެ ތިން ވަނަ މަރުހަލާގެ ދަށުން ހިދުމަތްތަތަކަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތައް ވަނީ މަޑުޖައްސާލުމަށް ނިންމާފަައި. ވަކި ގޮތެއް އަންގަންދެން އަމަލު ކުރާނީ ކުރިން (ފުރަބަންދަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާ) ގައި އަމަލު ކުރި ގޮތަށް" އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ވެ އެެ.

މިހާރު ހިދުމަތް ދޭނެ އުސޫލުތައް:

  • އޯޕީޑީގެ ހިދުމަތް ދޭނީ ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރު 1 އަށް
  • އޮންލައިން ކޮންސަލްޓޭޝަން މިހާރުވެސް ކުރިއަށްދާ ގޮތަށް ކުރިއަށް ގެންދާނެ
  • އޯޕީޑީއަށް އެޕޮއިންޓުމަންޓު ހެއްދޭނީ އެ މީހަކު ދައްކަންޖެހޭ ޑިޕާޓްމަންޓުގެ ހާއްސަ ޑޮކްޓަރަށް އެކަނި
  • ވޯޑުތަކުގައި ތިބޭ މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށް "ވިޒިޓިން އަވާސް" ހުއްޓާލުން
  • ވޯޑުތަކުގައި އެޑްމިޓުކޮށްފައި ތިބޭ މީހުން ކައިރީ މަޑުކުރެވޭނީ އެންމެ އެހީތެރިއަކަށް
  • ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ނުގެނައުން
  • ހޮސްޕިޓަލަށް ވަންނަ މީހުން ކޮވިޑްގެ އަލާމާތްތަކަށް ސްކްރީން ކުރުން
  • ދުރާލާ ރޭވިގެން ކުރިއަށް ގެންދާ ރޫޓިން އޮޕަރޭޝަންތައް މެދުކަނޑާލުން
އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައި --

އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު އެހެން ބައެއް މީހުންގެ ޓެސްޓުތައް ހެދުމުންނެވެ. މިހާރު ވަނީ އައިސީޔޫ ބަންދުކޮށް ދެމުން އައި ހިދުމަތް އެހެން ތަނެއްގައި ދޭ ގޮތަށް ހަމަޖައްސާފަ އެވެ.