ބޮލީވުޑް

މަޝްހޫރު ކޮމޭޑިއަން ޖަގްދީޕް މަރުވެއްޖެ

ކުރީގެ މަޝްހޫރު ކޮމެޑީއަން ޖަގްދީޕް އަސްލު ނަމުން ނަމަ ސަޔިދު އިޝްތިޔާކް އަހުމަދު ޖަފްރީ އުމުރުން 81 އަހަރުގައި މަރުވެއްޖެ އެވެ. ޖަފްދީޕް މަރުވީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޖަގްދީޕް އަކީ ކުރީގެ ވަރަށް ގިނަ ފިލްމުތަކެއްގައި ކޮމެޑީ ބައި ކުޅެފައިވާ އެކްޓަރެކެވެ. ނަމަވެސް އޭނާއަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނީ "ޝޯލޭ"ގައި ކުޅުނު ސޫރްމާ ބޯޕާލީގެ ރޯލުންނެވެ. މި ފިލްމު ނޫނަސް "އަންދާޒް އަޕްނާ އަޕްނާ"، "ބްރަހްމަޗާރީ"، އަދި "ނާގިން" ފަދަ ފިލްމުތަކުގައި ޖަގްދީޕް ވަރަށް އާދަޔާޚިލާފު މޮޅު ކޮމެޑީ ރޯލުތަކެއް ވަނީ ކުޅެފަ އެވެ.

ޖަގްދީޕް އަކީ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ޖާވީދު ޖެފްރީގެ ބައްޕަ އެވެ. ނެށުންތެރިޔާ ނާވީދު އަކީ ވެސް ޖަގްދީޕްގެ ދަރިއެކެވެ. އޭނާގެ ކާފަ ދަރިފުޅު މީޒާން ޖެފްރީ ވެސް ވަރަށް ފަހުން ވަނީ ފިލްމު ކުޅެން ފަށާފަ އެވެ. މީޒާން ބޮލީވުޑަށް ނުކުތީ ސަންޖޭ ލީލާ ބާންސާލީއަށް ބޮޑުބޭބެ ކިޔާ އަންހެންކުއްޖެއް ކަމަށްވާ ޝަރްމީން ސޭގަލް އާއެކު "މަލާލް" ކިޔާ ފިލްމަކުންނެވެ.

ޖަގްދީޕް މަރުވީ އުމުރުން ދުވަސްވުމުން ދިމާވި ތަފާތު ސިއްހީ މައްސަލަތަކެއްގައި ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވީފަހުންނެވެ. އޭނާގެ ޖަނާޒާ އޮންނާނީ ބުރާސްފަތި ދުވަހު މަޒަގާއޯންގައި އޮންނަ ޝިއާ ގަބުރުސްތާނުގަ އެވެ.