ހަބަރު

އިމްރާންއާ ގުޅޭ އޯޑިއޯއެއް ސައްހަތޯ ފުލުހުން ބަލަނީ

Jul 12, 2020
4
ހޯމް މިނިސްޓަރު އިމްރާން: އޭނާއަށް ވެސް ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވެފައި
100%
0%
0%

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ދުރުކޮށްފައިވަނިކޮށް އެފަދަ ތުހުމަތުތަކެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވެސް އަމާޒުވެއްޖެ އެވެ.

ސަރުކާރުގެ ކޯލިޝަން ލީޑަރެއްގެ ގޮތުން ކެބިނެޓްގެ ނުފޫޒުގަދަ މަގާމަކަށް ވަޑައިގެން ހުންނެވި އިމްރާންއާ ދެކޮޅަށް ތުހުމަތުތަކެއް ކޮށްފައިވަނީ އަންހެނެކެވެ. އޭނާގެ އެ ތުހުމަތުތަކާއެކު އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފަ އެވެ.

އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާއަށް އިމްރާން ޖިންސީ ގޯނާކުރި ކަމުގެ ވާހަކަތަކެއް ކިޔައިދީފަ އެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފަ އެވެ.

އޯޑިއޯގައި "ޔުމްނާ"އެއްގެ ވާހަކަ ވެސް ދައްކަ އެވެ. ބެލެވޭ ގޮތުގައި އެއީ އިމްރާން މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވާ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ ޔުމްނާގެ ވާހަކަ އެވެ. އޭނާއަށް އެ ވާހަކަތައް ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމާއި ނަމަވެސް އެކަމުގައި ހިމޭނުން ހުންނަކަން ދޭހަވާ ގޮތަކަށް އޯޑިއޯގައި އެ އަންހެން މީހާ ބުނެ އެވެ. އަދި އިމްރާންގެ ފުރައްސާރައިގެ ވާހަކަތަކުގެ ގިނަ ވާހަކަތަކެއް އޭނާ އަދިވެސް ހިއްސާ ކުރަމުން ދާނެ ކަމާއި މަޑު ނުހުންނާނެ ކަމަށް ވެސް ބުނެ އެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން އިމްރާން މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި އިމްރާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް މިހާރު އަމާޒުވެފަ އެވެ. މި މައްސަލައާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވާހަކަ ދެއްކުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާންގެ ޖިންސީ ފުރައްސައިރައިގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯގެ މައުލޫމާތު ލިބިފައިވާތީ އޭގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ބޮޑުވެފައިވެ އެވެ. މިއަދު ވެލާނާގެ ކައިރީގައި އަންހެނުންތަކެއް އޮފީސްތަކުގައި ހިނގާ ޖިންސީ ފުރައްސަރާއާ ދެކޮޅަށް އަޑު އުފުލުމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އެއީ....

ތިބުނާ އޯޑިއޯ، މަވެސް އަޑުއަހައިފީމެވެ. އެ އޯޑިއޯއިން އިވެނީ، ހަމައެކަނި އެންމެ އަންހެނަކު ވާހަތަކެއް ދައްކާ އަޑެވެ.. ޕާރޓީގެ އޮފީހަށް އަންނާށޭ ބުނުމުން ތިމަންނަ ދިޔައީމަ، ޢިމްރާން ދޮންދީފައި، ތަނެއްގަ ހިފިވާހަކަ ބުނެއެވެ. ޔުމްނާއާ ބައްދަލު ކުރަން ބޭނުން ވާހަކަ ވެސް ބުނެއެވެ. އޭގެން ވަރަށް ސާފުކޮށް ދޭހަވަނީ، އެ އަންހެންމީހާ ހުރީ ޢިމްރާނާއިހެދި ހޭބަލިވެފައި ކަމެވެ. ކޮންމެ މީހެއްގެ ބޮލުގައި ވެސް އެފަދަ ކަންކަން ކުރިކަމަށް އެޅުވިދާނެ އެވެ.

ބުނަންތޯ

ހަޤީގަތަކީ މިކަހަލަ ކަންތަށް މީގެ ކުރީގަވެސް ހިނގާ އަދި މިހާރުވެސް ހިނގާ ދެން އަނެއް ހަޤީގަތަކީ މިވަގުތު ބަޔަކު ކޯވިޑްގެ ފައިސާއޭ ކިޔައިގެން އަޑުގަދަކުރުމުގެ ބަދަލުގައި އެހެން ކަންތައްތަކަކަށް މުޅި ޤަޢުމު ސަމާލުވެ އަވަދިނެތި އުޅުން.

ވެބް

އިމްރާނޫ... ޗަތިބީ ރަނގަޅަށްވެސް ޖެހި މަޅީގަ ފިތިބާރުވެފަ.. މީދާ ކޭ އުނބެއް ވިއްޔަ ހުންނަނީ..

ދދ

އިމްރާން ދެން އޭނަޔާއި ކައިވެނި ނުކުރުމަކީ ފުރައްސާރަތޯ ހާދަ ޖެލެސްވަނީ 4 އަނބިން ނާއި ކައިވެނި ކުރަންވީ !

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345