ހަބަރު

ބިދޭސީންތަކެއް މުޒާހަރާއަށް ނިކުމެ ފުލުހުންނަށް ހަމަލާދީފި

އަނެއްކާވެސް ބިދޭސީންތަކެއް މުޒާހަރާއެއްކޮށް ފުލުހުންތަކަކަށް ހަމަލާ ދީފި އެވެ.

ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން މުއައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ހުޅުމާލޭގައި މިއަދު މުޒާހަރާއެއް ކޮށްފައިވާ ކަމަށާއި އެ މުޒާހަރާ ތެރޭގައި އެ މީހުން ކުރިމަތިލުމުގެ ސަބަބުން ފުލުހުންނަށް އަނިޔާވި އިރު ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީފައިވާ ކަމަށެވެ.

އެ ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އަދި މުޒާހަރާ ވެސް ވަނީ ރޫޅާލާފަ އެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ނުބުނެ އެވެ.

މުޒާހަރާ ކުރަމުން ދިޔަ ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްގެ ލޭބާ ކުއާޓާގަ އެވެ.