ހަބަރު

ހަމަނުޖެހުން ހިންގި 22 ބިދޭސީން ހަައްޔަރުކޮށްފި

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން ހުޅުމާލޭގައި ހަމަނުޖެހުން ހިންގި މައްސަލާގައި މިހާތަނަށް 22 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބިދޭސީން މުއައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ހުޅުމާލޭގައި މިއަދު މުޒާހަރާއެއްކޮށްފަ އެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ވެހިކަލަކަށް ވަނީ ގެއްލުން ދީފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން މިހާތަނަށް 22 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން މިހާރު ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށްފަ އެވެ. އަދިވެސް ސްޕެޝަަން އޮޕަރޭޝަން ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ ރެސްޕޮންސް ޔުނިޓްގެ ޓީމް އެތަނުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.