ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުންއާ ހިލާފުވި މީހުނަށް ދައުވާ ނުކުރަން ނިންމައިފި

Jul 21, 2020
3

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދަށް އިއުލާން ކުރި ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން ނިންމައިފި އެވެ.

ލޮކްޑައުންއާ ހިލާފު ވެގެން ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށް ދިނުމަށް ފުލުހުން ޕީޖީއަށް ފޮނުވި އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މީގެކުރިން ދައުވާ އުފުލަން ވެސް އުފުލި އެވެ.

ނަމަވެސް މިއަދު ޕީޖީއިން ބުނީ ލޮކްޑައުންއާ ހިލާފު ވެގެން ދައުވާކޮށް މިހާރު ކޯޓުތަކުގައި ހިންގަމުންދާ މައްސަލަތައް ވެސް އަނބުރާ ނަގައި ދެން ހުރި އެހެން މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. ލޮކްޑައުންއާ ގުޅިގެން ކުރި ޖޫރިމަނާތައް ދައުލަތަށް ހޯދަން ކުރަން ޖެހޭ ކަންކަން ކުރަން މުއައްސަސާތަކަށް ދަންނަވާފައިވާ ކަމަށް ޕީޖީއިން އޮފީހުން ބުންޏެވެ.

ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ނިންމި މައިގަނޑު ސަބަބެއް ކަމަށް ބުނީ ލޮކްޑައުންއާ ހިލާފު ވެގެން ފިޔަވަޅު އަޅާނަމަ އެންމެންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭނީ ހަމަހަމަކަމާއެކު ކަމަށްވާތީ ކަމަށެވެ. އަދި ބައެއް މީހުން ލޮކްޑައުންއާ ހިލާފުވެފައި ވަނީ މަޖުބޫރު ވެގެން ކަމަށް ގަބޫލު ކުރެވޭތީ މިކަމުގައި ޖިނާއީ ކުށުގެ ރިކޯޑެއް އުފަން ކުރުމަކީ މުޖުތަމައުގެ އާންމު މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް ދެކޭތީ ކަމަށެވެ.