ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ލަސްނުކޮށް ދޭނަން: މިފްކޯ

މަސްވެރިން ކިރާ މަހަށް ނުދެވި ހުރި ފައިސާ ލަސްނުކޮށް ދެމުން ގެންދާނެ ކަމަށް މިފްކޯ އިން ބުނެފި އެެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިން ކިރާ މަހުގެ ފައިސާ ލަސްނުކޮށް މަސްވެރިންނަށް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި މިވަގުތު ދުނިޔެ އަށް ދިމާވެފައިވާ އިގްތިސޯދީ ހީނަރު ކަމުގެ ސަބަބުން ފިނި ކުރި މަހުގެ އަގު ހުރި ގޮތުން ވިޔަފާރީގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި މި މަހު އެކަކުން 12ގެ ނިޔަލަށް މަސްވެރިންނަށް ދޫނުކުރެވި ހުރި ބިލްތަކުގެ ފައިސާ މިއަދު ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސް އަށް ވިދާޅުވީ، 20 ޖުލައިގެ ނިޔަލަށް ޖުމްލަ 34 މިލިއަން ރުފިޔާ ކްރެޑިޓްގެ ގޮތުގައި ދޭން ޖެހޭ ކަމަށާއި، އޭގެ ތެރެއިން މިހާރު ކްލިއާ ކުރަނީ މި މަހު އެކަކުން 12 ގެ ނިޔަލަށް ވާ އަދަދު ކަމަށެވެ. އެއީ 19 މިލިއަން ރުފިޔާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"މި މަހު އެެކަކުން 12 އަށް އެބަ އޮތް 19 މިލިއަން ރުފިޔާ ކްރެޑިޓްގެ ގޮތުގައި ދޭން ޖެހޭ. އަދި އިއްޔެ އާ ޖެހެންދެން ބާކީ އޮތް އަށް ދުވަހަށް (ހުކުރު ފިޔަވާ) ވާ ފައިސާ ވެސް ކުރިއަށް ހުރި ދުވަސްތަކުގައި ދެމުންގެންދާނަން. އެ އަށް ދުވަހަށް ދޭން ޖެހޭ އަދަދަކީ 15 މިލިއަން،" މިފްކޯގެ އެމްޑީ ވިދާޅުވި އެވެ.

މިފްކޯ އިން ބުނީ 12 ގެ ނިޔަލަށް ދޭން ޖެހޭ ފައިސާ ދިނުމަށްފަހު ބާކީ ހުރި ފައިސާ ވެސް މަސްވެރިންނަށް ދެމުންގެންދާނެ ކަމަށެވެ.