ހިމާޔަތް ކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ފުވައްމުލަކު ސިޓީ ފަރިކެޑެ ސަރަހައްދު ކަނޑައަޅައިފި އެވެ.
ނާޒުކު ތިމާވެއްޓެއް އޮންނަ ފުވައްމުލަކުގެ އެ ސަރަހައްދު ސަރުކާރުން ހިމާޔަތް ކުރީ ތިމާވެށި ގާނޫނުގެ ދަށުންނެވެ. އެ ސަރަހައްދު ބެލެހެއްޓުމުގައި ދެން އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތޮބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވައިދުގައިވާ ގޮތުގެ މަތިންނެވެ.
ރާއްޖޭގައި އެއް އަތޮޅަކަށް އޮންނަ ހަމައެކެނި ރަށް އަދި ސިޓީގެ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެތަނުން އާއްމުކޮށް ފެންނަ ދިރުންތަކުގެ ތެރޭގައި ކަނޑި މިޔަރާއި ފާނަ މިޔަރު ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ އެން މަޑި އާއި ފެހުރިހި ވެސް އެ ސަރަހައްދަށް ޖަމާވެ އެވެ. އެ ދިރުންތަކަކީ ދުނިޔެއިން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެއް ކަމުން އެ ދިރުންތައް ވިހައި އާލާވުމަށް ބޭނުންކުރާ އެ ސަރަހައްދު ހިމާޔަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ދެކުނު އެ އަތޮޅުގެ ފެރިކެޑެ ސަރަހައްދު ހިމާޔަތް ކުރުމުން އެމަޖެންސީ ހާލަތެއްގައި ނޫނީ އެ ސަރަހައްދަށް ނަގިލި ލުމަކީ މަނާ ކަމެކެވެ. އަދި ދޫނި ސޫފާ ސޫފި ހިފުމާއި ނެގުން ވެސް މަނާ ކޮށްފައިވާއިރު ކުނި އެޅުމާއި ވެއްޔާއި މުރަކަ އަދި އަކިރި ނެގުން ވެސް މަނަލެވެ.
މީގެ އިތުރުން ފަރިކެޑެ ސަރަހައްދުން ބިން ހިއްކުމާއި ފަޅު ފުންކުރުމާއި ރޭގަނޑު ދިއްލައިގެން މަސްތިލަ ކުރުން ވެސް ވަނީ މަަނާކޮށްފަ އެވެ.