ވިޔަފާރި

އެމިރޭޓްސް އިން ރާއްޖެ އަށް ފްލައިޓް އިތުރު ކުރަނީ

އެމިރޭޓްސް އެއާލައިނުން ރާއްޖެ އަށް ބާއްވާ ފްލައިޓްތައް އިތުރު ކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު 16 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އުދުހުންތައް އެމިރޭޓްސް އިން ފަށާފައިވާއިރު މިހާރު އަންނަނީ ހަފުތާއަކު ފަސް ފްލައިޓް އެވެ.

ގަތަރުގެ، ދޯހާ އިން މާލެ މިހާރު އެމިރޭޓްސް އިން އުދުހެނީ ބުރާސްފަތި ދުވަހާއި ހުކުރު އަދި ހޮނިހިރު ދުވަހާއި އާދީއްތަ އަދި ހޯމަ ދުވަހު އެވެ.

އެމިރޭޓްސް އިން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ހަ ފްލައިޓް އޮންނާނެ ކަމަށެވެ. ރާއްޖޭގެ އިތުރުން އެމިރޭޓްސް އިން ވަނީ ސީޝެލްސް އަށް ކުރާ ދަތުރުތައް ވެސް އިތުރު ކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރާއްޖެ އަށް ބާއްވާ ފްލައިޓްތައް އިތުރު ކުރަން ނިންމާފައިވަނީ ޑިމާންޑް މަތިވަމުންދާތީ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެމިރޭޓްސް އިން ދަތުރު ކުރާ ފަސިންޖަރުންގެ ރައްކާތެރި ކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ އެވެ. އެމިރޭޓްސް އިން ދަތުރު ކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި "ހައިޖިން ކިޓެއް" ދޭނެ އެވެ. އެ ކިޓުގައި މާސްކް އާއި އަންގި އަދި ސެނެޓައިޒާގެ އިތުރުން އެންޓި ބެކްޓީރިއަލް ޓި ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރު ތިން މަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވިތާ ހަފުތާއެއް ވީއިރު މިހާތަނަށް އައިސްފައިވަނީ 560 ޓޫރިސްޓުންނެވެ.