ޓްރާންސްޕޯޓް އޮތޯރިޓީ

ގަވާއިދާ ހިލާފު ބިދޭސީން ހުއްޓުވަން މަޝްވަރާތަކެއް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުުރުން ހުއްޓުވުމަށް މަޝްވަރާތަކެއް ކޮށްފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުުރުން ހުއްޓުވުމާއި ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ފުލުހުންގެ އިސްވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ކަނޑު ދަތުރުފަތުރުގެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ސިފައިން ހޯދާފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ރާއްޖޭގައި 250،000 ވުރެ ގިނަ ބިދޭސީން އުޅެއެވެ. ރާއްޖޭގައި 179،954 ބިދޭސީން ރަޖިސްޓަރީ ވެގެން އެބަ އުޅެއެވެ. އަދި 66،000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރަށްރަށުގައިވެސް ދަނީ އުޅެމުންނެވެ. އެ މީހުން ގެންދަނީ ގަވާއިދާ ހިލާފަށް ރަށްރަށުގައި ދަނޑުތައް ހަދާ ވިޔަފާރިވެސް ކުރަމުންނެވެ.

ލ އަތޮޅުގެ އެކި ރަށްރަށުގައި ވަލުތެރޭގައިވެސް ފިލައިގެން ގިނަ އަދަދެއްގެ ބިދޭސީން އުޅެއެވެ. އެ މީހުން ހޯދަން މަސައްކަތް ފެށުމުން އެހެން ރަށްރަށައް ގޮސް އެ ތަންތަނުގައި އުޅެމުންދެއެވެ.