އުރީދޫ

އުރީދޫން ޑިޖިޓަލް ކާނިވަލެއް ބާއްވަނީ

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ މީހުނަށް އިނާމުތައް ލިބޭ ޑިޖިޓަލް ކާނިވަލެއް ބާއްވަން ނިންމައިފި އެވެ.

އުރީދޫން މިއަދު ބުނީ ރާއްޖޭގެ މިނިވަން ދުވަހާއި ބޮޑު އީދުގެ މުނާސަބަތުގައި ބާއްވާ ޑިޖިޓަލް ކާނިވަލެއް މިއަދުން ފެށިގެން އަންނަ މަހު ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މޫލީ ކާނިވަލަށް ހާއްސަކޮށް ސެކްޝަން އެއް ހުޅުވާފައިވާއިރު އެ ސެކްޝަން މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް އީދު ހަދިޔާ ގަނެ، މާލެ އާއި ހުޅުމާލެ އަދި އަތޮޅުތަކުގެ ތެރޭގެ ބައެއް ހިސާބުތަކަށް ފޮނުވޭނެ އެވެ. މޫލީ ކާނިވަލްގައި ސްމާޓް ފޯނާއި ހިފާގެންގުޅޭ ސާމާނާއި ކޮސްމެޓިކްސް އަދި ކުޑަކުދިންނަށް ހާއްސަ ވާހަކަފޮތާއި އެހެންވެސް ތަފާތު ތަކެތި ވިއްކާނެ އެވެ.

މޫލީ ކާނިވަލުން އީދު ހަދިޔާ ފޮނުވުމަށް، އުރީދޫ އެޕަށް ވަދެ، މޫލީ ކާނިވަލް އަށް ގޮސް ބޭނުންވާ ހަދިޔާ ހޯދުމަށް ފަހު ކާޓަށް އެޑްކޮށް ޑެލިވާ ކުރާ އެޑްރެސް ޖެހުމުން ޑެލިވާ ކޮށްދޭނެ އެވެ. އޯޑަރު ކަށަވަރުވާނީ ޕޭމަންޓު ކޮންފާމް ވުމުންނެވެ.

މި ޑިޖިޓަލް ކާނިވަލުން ވިޔަފާރިކޮށް ލަކީޑްރޯ އިން ހޮވޭ މީހުންނަށް ގިވްއަވޭގެ ގޮތުގައި އިނާމުތަކެއް ދޭނެއެވެ. ގިވްއަވޭގެ ގޮތުގައި، 18 ބްރޭންޑް އަކުން ތަކެތި ދެއެވެ. ނަސީބުވެރި ފަރާތްތައް ހޮވާނީ އެ ބްރޭންޑަކުން ވިޔަފާރި ކުރި މީހުންގެ ތެރޭގައި ނަގާ ގުރަކުންނެވެ.