ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19އަށް ސާމްޕަލް ނަގަނީ: ބަލީގައި އިތުރު މީހަކު ވަނީ މަރުވެފައި - ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މިއަދު މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި އެ އަންހެން މީހާ އައިޖީއެމްއެޗަށް މިއަދު ހެނދުނު ގެންދިޔައީ ނޭވާލާން ދަތިތަކެއް ވެގެނެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 16 ވަނަ މީހާ އެވެ. ބަލީގައި މަރުވި ގިނަ ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ދެން މި ބަލީގައި ރާއްޖެއިން މަރުވެފައި ވަނީ ގިނައިން ބަންގްލަދޭޝް މީހުންނެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ ފަސް ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ އަށް ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހުގެވެސް ކޮވިޑްގައި ދިވެއްސަކު ވަނީ މަރުވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން އެއް ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޖޫން ހަ ވަނަ ދުވަހު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހަކުވެސް ވަނީ މަރުވެފައެވެ. އޭނާއަކީވެސް ކޮވިޑް ބަލި މީހެކެވެ. ކޮވިޑްގައި ޖޫން މަހުގެ 30 ވަނަ ދުވަހުވެސް މީހަކު މަރުވިއެވެ. އެ ދުވަހު މަރުވީ ފިލިޕީންސްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

އޭގެ ފަހުން ޖުލައި މަހުގެ ފަސްވަނަ ދުވަހު 77 އަހަރުގެ ދިވެއްސެއް އަދި ޖުލައި އަށް ވަނަ ދުވަހު 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑްގައި މަރުވެފައެވެ. އޭގެ ފަހުން ޖުލައި މަހުގެ 14 ވަނަ ދުވަހުވެސް ކޮވިޑްގައި ދިވެއްސަކު ވަނީ މަރުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011