ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މީހުން ފުރުވަން އެއާޕޯޓަށް އެކަކު ދާން އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހުން ފުރުވުމަށް ދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަނެއްކާވެސް އެދެފި އެވެ.

މީގެ ކުރިންވެސް އެމްއޭސީއެލް އިން ވަނީ އެއާޕޯޓުން ފަސިންޖަރުން ފުރުވުމަށާއި އަންނަ ފަސިންޖަރުން ބަލައިދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އިލްތިމާސް ކޮށްފަ އެވެ.

އެމްއޭސީއެލް އިން އިއްޔެ އިލްތިމާސް ކުރީ، އެއާޕޯޓަށް ފަސިންޖަރުން ފުރުވުމަށާއި ލަފާތަނަށްވެސް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށެވެ. ޕެންްޑެމިކްގެ ނުރައްކާ އަދިވެސް އެބަ އޮޮތްް ކަމަށާއި ކޮންމެހެން އަންނަން ޖެހޭ ހާލަތްތައް ނޫނީ އެއާޕޯޓުު ފަަދަ ތަންތަނަނަށް ނުދިއުމަށް އެދޭ ކަމަށެވެ. އަދި މިއީ ފަސިންޖަރުންނާއި އެއާޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެވެސް ރައްކަލަކަށް އެދޭ އެދުމެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15 ގަ އެވެ. ބޯޑަރު ހުޅުވުމާއެކު ރާއްޖެއިން ބޭރުގައި ތިބި ބައެއް ކިޔަވާ ދަރިވަރުންވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި ރާއްޖެ އިން އެކި ކަންކަމުގައި ބޭރަށް ފުރާ މިހުންވެސ ްވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން އެތެރޭގެ އުދުހުންތައްވެސް ފަށާފައިވާއިރު އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުންވެސް ވަނީ އިތުރު ވެފަ އެވެ.

އެއާޕޯޓު އަލުން ހުޅުވާލާފައިވާއިރު ޓާމިނަލްތަކުގައި ވަނީ ގައިދުރުކުރުމުގެ ނިޝާންތައް ޖަހައި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފަ އެވެ. ގަވައިދުން ޑިސްއިންފެކްްޓު ކުރުމުގެ އިތުރުން އެ ކުންފުނިން ވަނީ ފަސިންޖަރުން ފުރުމަށް ހަތަރު ގަޑިއިރު ކުރިން އައުމަށްވެސް އެދިފަ އެވެ.