ހަބަރު

ގެއަކަށް ސިއްރުން ވަން ބިދޭސީއެއް ހޯދަނީ

Aug 2, 2020
1

މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުުހުން މިރޭ ވަނީ އެ މީހާގެ ފޮޓޯއާ ވަނަވަރު އާންމު ކޮށްފައެވެ. ހޯދަން އިއުލާނު ކޮށްފައި ވަނީ ބަންގްލަދޭޝްގެ ޑާކާއަށް ނިސްބަތްވާ އެމްޑީ ޒާކިރު ހުސައިންނެވެ.

ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާ ނުކުރާ ކަމަށެވެ.

އެމްޑީ ޒާކިރު ހުސައިން ފުލުހަށް ހާޒިރުކޮށް ސުވާލުކުރަން ބޭނުންވަނީ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެ އުޅުނު މައްސަލައަކާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ އޭނާ ހާޒިރުވާން ޖެހެނީ މިމަހުގެ 10 ވަނަ ދުވަހު 10:00 ޖަހާއިރަށް ކަމަށެވެ.