ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަތޮޅު އުޅަނދުތައް ލަފާ ފުރަން ވަކި ސަރަހައްދުތަކެއް

އަތޮޅުތަކުގެ ތެރެއިން އަންނަ އުޅަނދު ފަހަރު މާލެއަށް ލަފާ ފުރަން ވަކި ސަރަހައްދުތަކެއް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާނެއްކޮށް ބުނީ، އަތޮޅުތަކުން މާލެ އަންނަ އުޅަނދުތަކަށް މާލެއާ ކައިރި ކުރެވޭނީ ވަކި ސަރަހައްދުތަކަަކަށް ކަމަށެވެ. އެ ނޫން އެހެން އެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ ކަމަށެވެ. މި އެންގުން އާއިރު ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން އެޗްޕީއޭއިން ވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތައް އަލުން އަޅާފަ އެވެ.

  • މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުން ކުރުން
  • މާލެ އަންނަ އަދި މާލެ އިން ފުރާ ސްޕީޑު ލޯންޗުތައް އެއްނަންބަރު ޖެޓީ ބޭނުން ކުރުން.
  • މަސް އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ލަފާ ފުރަން ހުޅުމާލެ ބަނދަރު ބޭނުން ކުރުން
  • އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ތިލަފުށި ބަނދަރު ބޭނުން ކުރުން
  • ރިސޯޓުތަކުން މާލެ އައިސް ފުރާ ސްޕީޑު ލޯންޗުފަހަރު 5 ނަންބަރު ޖެޓީ އާއި 6 ނަންބަރު ޖެޓީ ބޭނުން ކުރުން

ކައުންސިލުން ބުނީ، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލެއަށް އައިސް ފުރާ އުޅަނދުތައް އެ އުސޫލަށް އަމަލުކުރަން އެދޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އޮތް ހާލަތު ގޯސްވެ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން، މާލެ އިން ރަށްރަށަށް ދިއުން އިއްޔެ ވަނީ މަނާކޮށްފަ އެވެ. އެއްވެސް މީހަކަށް ދިއުމުގެ ހުއްދަ ދެނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި އެވެ.

މާލެ އަންނަ ދޯނިފަހަރުން އަތޮޅު ތެރެއިންވެސް ޕޮސިޓިވް ކޭސްތައް މި ހަފްތާގައި ވަނީ ފެނިފަ އެވެ. އެޗްޕީއޭގެ މޮނިޓަރިންގައި ހަ ރަށެއް މި ވަގުތު އޮތް އިރު އުތުރުގެ ފަސް ރަށެއް ލޮކްޑައުން ކޮށްފައި ވެ އެވެ. އެ ރަށްތަކަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އުތުރުގެ ރަށްތަކަކަށް ދަތުރުކުރާ ދެ ބޯޓަކުން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެއީ އިހަވަންދޫއަށް ނިސްބަތްވާ ދެ ބޯޓެވެ.