ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޭންކްތަކުން ވިޔަފާރިއަށް އިތުރު ލުއިތައް ހޯދަނީ

ބޭންކް އޮފް ސިލޯން ކުރިމަތީގައި ހިދުމަތް ހޯދުމަށް ކިޔޫ ހަދާފައި -- ފޮޓޯ: އަވަސް
0%
0%
0%

ބޭންކް ތަކުން ވިޔަފާރިއަށް އިތުރު ލުއިތައް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބީއެމްއެލް އާއި އެހެނިހެން ބޭންކްތަކުން ނަގާފައިވާ ލޯނުތައް މަޑު ޖައްސާލައި ދީފައިވާ ކަމަށާ، އެގޮތުން މިހާތަނަށް 17،000 ފަރާތަކަށް އެ މަންފާ ލިބިފައިވާ ކަމަށެވެ.

"މިއީ [ލޯނު ފަސްކޮށް ދިނުން] މިއީ ވަރަށް ބޮޑު ރިލީފެއް ލިބިގެން ދިޔަ ކަމެއް. އަޅުގަނޑުގެ އުންމީދަކީ އިތުރު ލުއި ތަކެއް ލިބިގެން ދިއުން. އަޅުގަނޑުމެން މަސައްކަތް ކުރާނަން ބޭންކްތަކާ ވާހަކަ ދައްކައިގެން އެކަންކަން ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓްތަކުގެ ކުލި ވެސް ފަސް ކޮށްދީފައިވާ ކަމަށާ ބޭނުމަކީ އިގްތިސޯދު ހިފެހެއްޓުން ކަމަށެވެ.

"މީގައި ހަގީގަތަކީ ރިސޯޓްތަކާ، ވިޔަފާރިތަކަށް އެބަޖޭ އެހީވާން. އެ ވިޔަފާރިތައް ދިރި ތިބީމަ ވަޒީފާގެ ފުރުސަތުތަކާ އެހެނިހެން ފުރުސަތުތައް ފަހި ވަނީ. އެހެންވެ ވަރަށް ޕްރެކްޓިކަލްކޮށް ކުރާ ކަމެއް މިއީ،" ފައްޔާޒު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި ތަކަށް ހުރި ދަތިތައް ނައްތާލުމުގެ ގޮތުން ސަރުކާރުން ވަނީ "އިކޮނޮމިކް ރިލީފް" ޕެކޭޖުގައި ހިމަނައިގެން ބޭންކްތަކުގައި ހުރި ގިނަ ލޯނު ތަކެއް ފަސްކޮށްދީފަ އެވެ. ރާއްޖޭގައި ހިންގާ ހުރިހާ ބޭންކްތަކުން މި ލުއިކަން ވަނީ ދީފަ އެވެ. ނަމަވެސް ހަ މަސް ދުވަހަށް ދިން މި ލުއިތަކުގެ މުއްދަތު ކުރިއަށް އޮތްދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަމަވާނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345