ހަބަރު

ގެ އެއްގެ ހަވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

ގެއެއްގެ ހަ ވަނަ ބުރިން މީހަކު ވެއްޓި ލިބުނު ޒަހަމްތަކާއެކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގެ ހަ ވަނަ ފްލޯ އިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓު ރޭ ދަންވަރު 2:39 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ އިމާރާތުގެ މަތިން ވެއްޓިފައި ވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ހާދިސާއާއެކު އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އުމުރުން ދުވަސްވީ އެ މީހާ ވެއްޓި މަރުވި އެ ހާދިސާގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފަ އެވެ.

މިދިޔަ މަހުގެތެރޭ ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓުނު މީހަކު ވެސް މަރުވެފައި ވެއެވެ.